ޚަބަރު ޕްރެޝަރ ބޮޑުވެ ބައްސާމު އަލުން ޖަލަށް

ޕްރެޝަރ ބޮޑުވެ ބައްސާމު އަލުން ޖަލަށް

ޕްރެޝަރ ބޮޑުވެ ބައްސާމު އަލުން ޖަލަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރުމަށްފަހު އަލުން ޖަލަށް ބަދަލުކޮށްފިއެވެ.

ފީފާއިން އެފްއޭއެމަށް ދިން 1.2 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމް އަނބުރާ ޖަލަށް ބަދަލުކުރީ، އޭނާ ގޭބަންދަށް ދޫކޮށްލުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އަމާޒުވެފައިވަނިކޮށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އައިމިނަތު ޔުސްރީން ވިދާޅުވީ، ބައްސާމް އިއްޔެ ގޭބަންދަށް ބަދަލުކުރީ އޭނާ ކުރި ނޭފަތުގެ ސާޖަރީއަކަށްފަހު، ރިކަވަރީ މުއްދަތުގައި ހިރަފުހާ ދުރު ތަނެއްގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެން ކަމަށެވެ. ނަމަވެސް، ސާޖަރީއަށްފަހު ދޭންޖެހޭ ފަރުވާތައް ޖަލުގައި ބަހައްޓައިގެން އަވަސްކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާތީ، ގަވާއިދާ އެއްގޮތަށް އޭނާ އަލުން ޖަލަށް ބަދަލުކުރީ ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދެއެވެ.

ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓުން 32 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ފީފާއިން އެފްއޭއެމަށް ފޮނުވި ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވުމާ ގުޅިގެންނެވެ. މިފަދަ ބޮޑު ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ ފަރާތެއް ކުއްލި ގޮތަކަށް ގޭބަންދަށް ބަދަލުކުރުމުން އާންމުންގެ ފާޑުކިޔުން އިތުރުވެފައި ވަނިކޮށް، ކަރެކްޝަންސްއިން މިވަނީ އޭނާ އަލުން ޖަލަށް ގެންގޮސްފައެވެ.

ޓެގް

ކަރެކްޝަނަލްސަރިވސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.