ޚަބަރު ދުނިޔޭގެ މަސްރަހަށް އައި ބަދަލާ ގުޅިގެން ރާއްޖޭގައި ގޭސް ވިއްކާ މިންވަރު ވަގުތީގޮތުން ކޮންޓްރޯލްކޮށްފި

ދުނިޔޭގެ މަސްރަހަށް އައި ބަދަލާ ގުޅިގެން ރާއްޖޭގައި ގޭސް ވިއްކާ މިންވަރު ވަގުތީގޮތުން ކޮންޓްރޯލްކޮށްފި

ދުނިޔޭގެ މަސްރަހަށް އައި ބަދަލާ ގުޅިގެން ރާއްޖޭގައި ގޭސް ވިއްކާ މިންވަރު ވަގުތީގޮތުން ކޮންޓްރޯލްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ތެލާއި ގޭސް އުފުލާ މައި މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ބިރު ބޮޑުވުމުން، ރާއްޖޭގައި ގޭސް ވިއްކާ މިންވަރު މޯލްޑިވް ގޭހުން ކޮންޓްރޯލްކޮށްފިއެވެ.

އެ ކުންފުނިން ނިންމާފައިވަނީ ކުރިން ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި، ހަފްތާއެއްގެ މުއްދަތަށް ކޮންމެ ފުޅިއެއްގައި 5 ކިލޯގެ ގޭސް ވިއްކުމަށެވެ.

އެސްޓީއޯގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި މި ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ހާލަތަށް ބަލައި އާންމުން ކަންބޮޑުވެ، އިތުރަށް ގޭސް ގަނެ ރައްކާކުރަން ފެށުމުންނެވެ. ނަމަވެސް މި މަހުގެ 20 ވަނަ ދުވަހު ގޭހުގެ އާ ޝިޕްމަންޓެއް ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވޭތީ، އެ ދުވަހުން ފެށިގެން މިހާރު އޮތް ކޮންޓްރޯލް ދޫކޮށްލާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހަކަތަ ލިބުމުގައި ކުރިމަތިވެފައިވާ މި ދަތިތަކުގެ އަސަރު އަވަށްޓެރި އިންޑިއާ އާއި ލަންކާއަށް ވެސް ވަނީ ބޮޑަށް ކޮށްފައެވެ. އިންޑިއާ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ބާރުތަކުގެ ބޭނުން ހިފައި، ސިނާއީ މަސައްކަތްތަކަށް ވިއްކާ ގޭހުގެ މިންވަރު މަދުކޮށް، އާންމުންނަށް ބޭނުންވާ ގޭސް އުފައްދާ މިންވަރު އިތުރުކުރުމަށް ރިފައިނަރީތަކަށް އަމުރުކޮށްފައެވެ.

ޓެގް

މޯލްޑިވްގޭސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.