ޚަބަރު

އިންތިހާބުތަކުގެ އޮބްޒާވަރުންނަށްވުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި

އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.

އީސީން ބުނިގޮތުގައި ސިޔާސީ ޕާޓީތަކުގެ އެދުމުގެ މަތިން މި މުއްދަތު އިތުރުކޮށްފައިވަނީ މާދަމާރޭ މެންދަމު 12:00 އާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ވޯޓު ނެގުމާއި ގުނުމުގެ ކަންކަން އޮބްޒާވްކުރުމަށް ފާސް ދޫކުރާނީ ކޮންމެ ޕާޓީއަކަށް ނުވަތަ ޖަމިއްޔާއަކަށް، ބަހައްޓާ ޖުމްލަ ވޯޓު ފޮށީގެ އަދަދަށްވުރެ 10 އިންސައްތަ އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒެއްގައި އެއް ފަހަރާ ހަރަކާތްތެރިވެވޭނީ ކޮންމެ ޖަމާއަތަކުންވެސް އެންމެ އޮބްޒާވަރަކަށެވެ.

މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,876 މީހަކަށް ލިބިގެންވާއިރު، އޭގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ. މި އިންތިހާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާއި، ކުރިމަތިލާފައިވާ ސިޔާސީ ބަދަލުތަކާ މެދު ރައްޔިތުންގެ ނިންމުން ބަލާނެ މުހިއްމު އިންތިހާބެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close