ޚަބަރު ހޮނިހިރުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ

ހޮނިހިރުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ

ހޮނިހިރުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ފިތުރު ޒަކާތް ގޮވާމުގެ ބާވަތްތަކުން ބަލައިގަތުން މި މަހުގެ 14 ވާ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ވަނީ ނިންމާފައެވެ.

ޒަކާތު ހައުސްއިން ބުނިގޮތުގައި މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އިންތިޒާމުގެ ދަށުން، މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނާނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައެވެ.

ޒަކާތު ހައުސްއިން ބުނީ ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވަކި ވަގުތުތަކެއްގައިކަމަށާއި، އެގޮތުން 14 އަދި 15 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތް ބަލައިގަންނައިރު، 16 އިން 18 އަށް ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 15:00 އަށް މި ޚިދުމަތް ކުރިއަށްދާނެކަމަށެވެ. މިއީ ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް ހުޅުވާލާ ފުރުސަތެއްކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

ގޮވާމުން ޒަކާތުގެ ގޮތުގައި މިއަހަރު ބަލައިގަންނާނީ ހަ ބާވަތެކެވެ. އޭގެ ތެރޭގައި ހިމެނެނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ. ޒަކާތު ހައުސް އިން ބުނީ ގޮވާމުގެ ބާވަތްތަކުން ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ޓެގް

ފިޠުރު ޒަކާތް ޒަކާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.