ބޭރުދުނިޔެ އީރާނުން ފޮނުވާލި 170 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ބަހްރައިނުގެ ދިފާއީ ބާރުތަކުން ހުއްޓުވައިފި

އީރާނުން ފޮނުވާލި 170 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ބަހްރައިނުގެ ދިފާއީ ބާރުތަކުން ހުއްޓުވައިފި

އީރާނުން ފޮނުވާލި 170 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ބަހްރައިނުގެ ދިފާއީ ބާރުތަކުން ހުއްޓުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އީރާނުން ފޮނުވާލި 102 ބެލިސްޓިކް މިސައިލާއި 171 ޑްރޯން ބަހްރައިނުގެ ދިފާއީ ބާރުތަކުން ހުއްޓުވާފައިވާ ކަމަށް އެ ގައުމުން ހޯމަ ދުވަހު އިއުލާނުކޮށްފިއެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާ ގުޅިގެންނެވެ.

ބަހްރައިން ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ޑިފެންސް ފޯސްގެ ޖެނެރަލް ކޮމާންޑުން ވަނީ މި ހަމަލާތަކަކީ އީރާނުން އެ ގައުމާ ދެކޮޅަށް ހިންގާ “ޓެރަރިސްޓް އުދުވާނެއްގެ” ގޮތުގައި ސިފަކޮށްފައެވެ.

އާންމުންނާއި އަމިއްލަ މުދަލަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާއި އދ. ގެ ޗާޓަރާ ކަނޑައެޅިގެން ހިލާފު ކަންތައްތަކެއް ކަމަށް ބަހްރައިނުން ބުނެފައިވެއެވެ. ޖެނެރަލް ކޮމާންޑުން ފާހަގަކުރި ގޮތުގައި، ވަކި އަމާޒެއް ނެތި ދެވޭ މިފަދަ ހަމަލާތަކަކީ ސަރަހައްދީ ސުލްހަ މަސަލަސްކަމާއި ސަލާމަތަށް އޮތް ސީދާ ނުރައްކަލެކެވެ.

ބަހްރައިނުގެ ވައިގެ ސަރަހައްދަކީ ރައްކާތެރި ތަނެއްކަން ކަށަވަރުކޮށްދެމުން، އެ ގައުމުގެ އަސްކަރިއްޔާ އޮތީ ކޮންމެ ފަދަ ހާލަތަކަށްވެސް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ބަޔާނުގައިވެއެވެ. އަދި އާންމު ރައްޔިތުން ގޭގައި މަޑުކުރުމަށާއި، އަސްކަރީ ހަރަކާތްތަކާއި މިސައިލްގެ ބައިތައް ވެއްޓިފައިވާ ސަރަހައްދުތައް ވީޑިއޯ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ސައްހަކަން ކަށަވަރުނުވާ މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށްވެސް ވަނީ އިންޒާރުދީފައެވެ.

މީގެ އިތުރުން، ޖީ.ސީ.ސީ ގެ ގައުމުތަކާއި އުރުދުންއަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ބަހްރައިނުން ވަނީ އދ. ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ. މި ގަރާރުގައި އީރާނުން ހިންގާ އުދުވާނީ އަމަލުތަކާއި އިންޒާރުތައް “ވަގުތުން އަދި އެއްވެސް ޝަރުތަކާ ނުލައި” ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

ޓެގް

އީރާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.