ޚަބަރު ޝީޝާ މަނާކުރުމާއި ހަކުރުގެ ސަބްސިޑީ ކަނޑާލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: ރައީސް

ޝީޝާ މަނާކުރުމާއި ހަކުރުގެ ސަބްސިޑީ ކަނޑާލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: ރައީސް

ޝީޝާ މަނާކުރުމާއި ހަކުރުގެ ސަބްސިޑީ ކަނޑާލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން: ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ޝީޝާ ބުއިން މަނާކުރުމާއި ހަކުރުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

“ދަ ގްރޭޓާ އައްޑޫ” ސިޔާސަތު އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށާއި، ކަންކަން “ބޭން” ކުރުމަކީ ހައްލެއް ނޫން ކަމަށެވެ.

ރައީސް މިހެން ވިދާޅުވީ، ޝީޝާ މަނާކުރުމާއި ހަކުރުގެ ސަބްސިޑީ ކަނޑާލުމާ މެދު ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ދެއްކެވި ވާހަކަފުޅާ ގުޅިގެން އާންމުންގެ މެދުގައި އުފެދުނު ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފެތުރެމުންދާތީ، ސަރުކާރުގެ ސާފު ސިޔާސަތަކީ އެއީ ނޫންކަން ހާމަކުރަން ޖެހުނީއެވެ.

ނަމަވެސް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ސިނގިރޭޓުން ޑިއުޓީ ބޮޑުކުރުމާއި ވޭޕް މަނާކުރުން ފަދަ ހަރުދަނާ ފިޔަވަޅުތައް ސަރުކާރުން އަޅާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިއްހީ ގޮތުން ނުރައްކާތެރި އާދަތަކާ މެދު މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ސަރުކާރުން މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.