ޚަބަރު ބަންޑާރަ މިސްކިތުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުންގެ މަޝްވަރާއާއެކު: މިނިސްޓަރު ޝަހީމް

ބަންޑާރަ މިސްކިތުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުންގެ މަޝްވަރާއާއެކު: މިނިސްޓަރު ޝަހީމް

ބަންޑާރަ މިސްކިތުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުންގެ މަޝްވަރާއާއެކު: މިނިސްޓަރު ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގައި ހުރި ދުވަސްވީ ބަންޑާރަ މިސްކިތް ހުރި ތަނުގައި އާ މިސްކިތެއް ބިނާކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޝްވަރާއާއި ލަފާގެ މަތިން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަންކަން ނިންމުމުގައި ރައްޔިތުންގެ އަޑުއަހާނެކަން ފާހަގަކުރައްވައި މިނިސްޓަރު މިހެން ވިދާޅުވީ، އެ މިސްކިތް ތަޅާލުމަށްފަހު އާ މިސްކިތެއް އެޅުމަށް ނިންމުމުން އާންމުންގެ ތެރޭގައި ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މިސްކިތް ހުރި ތަނުގައި އާ އިމާރާތެއް އެޅުމަށް ކުރިން ނިންމީ، އެއީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ރަސްމީކޮށް ހިމަނާފައިވާ ތަނަކަށް ނުވާތީއެވެ. ނަމަވެސް، އެ މިސްކިތަކީ ގަރުނަކަށްވުރެ ގިނަ ދުވަސްވީ، ދިވެހި ތާރީހުގެ ގިނަ ހަނދާންތަކަކާ ގުޅިފައިވާ ބިނާއެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެތަން ތަޅާލުމާ ދެކޮޅަށް ހިޔާލުފާޅުކޮށް، އެއީ ތާރީހީ ބިނާއެއްގެ ގޮތުގައި ބެހެއްޓުމަށް ގޮވާލަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، މިކަމުގައި މިނިސްޓްރީން ބޭނުންވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ގޮތެއް ނިންމުމަށެވެ. އިސްލާމިކް މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށާއި، ބަންޑާރަ މިސްކިތުގެ މައްސަލައިގައިވެސް އަމަލުކުރާނީ އެ އުސޫލުން ކަމަށް ވަޒީރު ޔަގީންކަން ދެއްވިއެވެ.

ޓެގް

އިސްލާމިކް މިނިސްޓަރ އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.