ޚަބަރު ދީނަށް ފުރައްސާރަކުރަމުން ގެންދާ “ބޫގާ” ހޯދަން ފުލުހުން އިޢުލާންކޮށްފި

ދީނަށް ފުރައްސާރަކުރަމުން ގެންދާ “ބޫގާ” ހޯދަން ފުލުހުން އިޢުލާންކޮށްފި

ދީނަށް ފުރައްސާރަކުރަމުން ގެންދާ “ބޫގާ” ހޯދަން ފުލުހުން އިޢުލާންކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި، ޚާއްޞަކޮށް ޓިކްޓޮކްގައި އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރި މައްސަލައަކާ ގުޅިގެން މާލޭ ހ. ފިލިކުރިގެ، އަޙްމަދު ޢާމިރު (51އ) ހޯދުމަށް ފުލުހުން އިޢުލާންކޮށްފިއެވެ. އޭނާއަކީ ސޯޝަލް މީޑިއާގައި “ބޫގާ” ގެ ނަމުން މަޝްހޫރުވެފައިވާ މީހެކެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހޯދަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ދީނަށް ފުރައްސާރަވާނޭހެން ވާހަކަދައްކާފައިވާ މައްސަލައެއްގެ ތަޙުޤީޤަށެވެ. އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ހާޒިރުވުމުގެ ޗިޓު މިހާތަނަށް ވަނީ ރައްދުކުރެވޭގޮތް ނުވެފައެވެ.

އެހެންކަމުން، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ ދަށުން، އަންނަ މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 އަށް ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ.

ޓެގް

ފުލުސް އޮފިސް ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.