މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ އުމުރުން 30 އަހަރުގެ އިމްތިޔާޒު، މިރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ފުލުހުންގެ މަރުކަޒަށް އޭނާ ހާޒިރުވިއިރު ހާލު ރަނގަޅެވެ.
އިމްތިޔާޒު ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރުއެވެ. އާއިލާއަށް އޭނާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ގޭގައި އުޅެނިކޮށް ކަމަށާއި، އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ވެފައިނުވާ ކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ކަމާގުޅޭ ހުރިހާ ބަހާތަކުން އޭނާ ހޯދުމުގެ މަސައްކަތް ފަށައި، އޭނާ ހޯދުމަށް ފުލުހުން ރަސްމީކޮށް އިޢުލާނު ކުރީ އިއްޔެއެވެ. ނަމަވެސް، ފުލުހުންގެ ހޯދުންތައް ކުރިއަށްދަނިކޮށް އޭނާ މިވަނީ ރައްކާތެރިކަމާއެކު ފެނިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...