ބޭރުދުނިޔެ ޔޫކްރެއިން ސުލްހައިގެ މަޝްވަރާތަކުގެ ކުރިއަށް އޮތް ބުރު ވެސް ބާއްވާނީ ސުވިޒަލޭންޑުގައި: ޒެލެންސްކީ

ޔޫކްރެއިން ސުލްހައިގެ މަޝްވަރާތަކުގެ ކުރިއަށް އޮތް ބުރު ވެސް ބާއްވާނީ ސުވިޒަލޭންޑުގައި: ޒެލެންސްކީ

ޔޫކްރެއިން ސުލްހައިގެ މަޝްވަރާތަކުގެ ކުރިއަށް އޮތް ބުރު ވެސް ބާއްވާނީ ސުވިޒަލޭންޑުގައި: ޒެލެންސްކީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޔޫކްރެއިން، ރަޝިޔާ އަދި އެމެރިކާ ބައިވެރިވާ ސުލްހައިގެ މަޝްވަރާތަކުގެ ކުރިއަށް އޮތް ބުރުވެސް ބާއްވާނީ ސުވިޒަލޭންޑުގައި ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޕިއާސް މޯގަންއަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ، މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ސުވިޒަލޭންޑުގައި ކުރިއަށްދިޔަ ތިންވަނަ ބުރުގެ މަޝްވަރާތަކަކީ ވަރަށް މުހިންމު ބައްދަލުވުންތަކެއް ކަމަށެވެ. އަދި މި ހަނގުރާމަ ހިނގަމުންދަނީ ޔޫރަޕުގެ ފަސްގަނޑުގައިކަން އެންމެނަށް އިހުސާސްކޮށްދިނުމަށް މި މަޝްވަރާތައް ވިލާތުގެ ގައުމެއްގައި ބޭއްވުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފެބްރުއަރީ 17 އިން 18 އަށް ޖެނީވާގައި ބޭއްވުނު ތިންވަނަ ބުރުގެ މަޝްވަރާތަކަށްފަހު، ރަޝިޔާގެ ރައީސްގެ އެޑްވައިޒަރު ލަޑީމިއަރ މެޑިންސްކީ ވެސް ވަނީ ދެން އޮންނަ ބައްދަލުވުމެއް “ވަރަށް އަވަހަށް” ބާއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން މި މަޝްވަރާތަކުގެ ދެ ބުރެއް ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އަބޫދާބީގައި ވަނީ ބާއްވާފައެވެ. އޭގެ ތެރެއިން ފެބްރުއަރީ މަހުގެ ކުރީކޮޅު ބޭއްވި ބައްދަލުވުމުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހަށްފަހު ފުރަތަމަ ފަހަރަށް ދެ ގައުމުގެ ދެމެދުގައި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް އާދެވުނެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި، ސިޔާސީ ގޮތުން ހައްލެއް ހޯދުމަށްވުރެ އަސްކަރީ ގޮތުން ލިބޭ ކުރިއެރުންތައް މިހާރު މާ އަވަހެވެ. ސިޔާސީ މަޝްވަރާތަކުގައި ތިން ގައުމުގެ މެދުގައި ޚިޔާލުތަފާތުވުންތައް ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ހަނގުރާމަ ހުއްޓާލުމަށްފަހު އެކަން މޮނިޓާ ކުރާނެ މިޝަނެއްގައި ޔޫރަޕުގެ ގައުމުތަކުގެ ބައިވެރިވުން އޮންނަންޖެހޭނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. އަދި ރަޝިޔާއަށް އިތުބާރު ނުކުރެވޭތީ، ވަރުގަދަ ސަލާމަތީ ކަށަވަރުކަމެއް (security guarantees) ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑަށް ފެންނަ ގޮތުގައި މި ހަނގުރާމަ ނިމުމަކަށް ގެނެވޭނީ ހަމައެކަނި ލީޑަރުންގެ ފެންވަރުގައި ކުރެވޭ މަޝްވަރާތަކަކުން. ބިމުގެ މައްސަލަތަކަކީ ވަރަށް ނާޒުކު، ތަދު އަދި އުނދަގޫ މައްސަލަތަކެއް،” ޒެލެންސްކީ ވިދާޅުވިއެވެ.

އަދި އެމެރިކާއިން އިސްނަގައިގެން ނޭޓޯ އާއި ރަޝިޔާއާ ދެމެދު “އާ ލިޔެކިޔުމެއް” އެކުލަވާލުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށާއި، އެކަމުގައި ޔޫކްރެއިން ބާކީކޮށްގެން ނުވާނެ ކަމަށްވެސް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.

ޓެގް

ޔޫކްރެއިން ޒެލެންސްކީ ރަޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.