ޚަބަރު ހިޔާ އާއި ވެށިފަހި ކެޓަގަރީ ފްލެޓަށް ހުށަހެޅުމުގައި މިނިސްޓްރީން ލުޔެއްދީފި

ހިޔާ އާއި ވެށިފަހި ކެޓަގަރީ ފްލެޓަށް ހުށަހެޅުމުގައި މިނިސްޓްރީން ލުޔެއްދީފި

ހިޔާ އާއި ވެށިފަހި ކެޓަގަރީ ފްލެޓަށް ހުށަހެޅުމުގައި މިނިސްޓްރީން ލުޔެއްދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން ކުރިއަށް ގެންދާ “ބޯހިޔާވަހިކަން އެންމެންނަށް” ޕްރޮގްރާމުގެ ދަށުން ދޫކުރާ އާއިލީ ފްލެޓުތަކަށް ހުށަހެޅުމުގައި ހިމެނޭ ހިޔާއާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގެ ޝަރުތުތަކަށް ހައުސިން މިނިސްޓްރީން މިއަދު ލުޔެއް ދީފި އެވެ.

މިގޮތުން، ފްލެޓު ލިބޭނެ ކަމުގެ ލިޔުން ނެތް ފަރާތްތަކަށްވެސް އެހެން ލިޔެކިޔުންތަކުން ނުވަތަ ކަމާގުޅޭ އިދާރާއަކުން އާންމުކޮށްފައިވާ ލިސްޓަކުން އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި އަންނަ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭގަނޑު 11:59 އަށް ވަނީ ކަނޑައަޅާފަ އެވެ.

މި ލުޔާއެކު، ހިޔާ ވެށިފަހި ކެޓަގަރީއަށް އެޕްލައި ކުރުމުގައި ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތް ނަމަ، ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށް ހައުސިން މިނިސްޓްރީން އެކްސް ( ކުރީގެ ޓްވިޓަރ) މެދުވެރިކޮށް މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. މީގެ ކުރިން މި ކެޓަގަރީއަށް ކުރިމަތިލެވޭނީ “ވެށިފަހި މާލެ” ނުވަތަ “ހިޔާ މަޝްރޫއު” އިން ފްލެޓު ލިބޭނެ ކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކަށެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި، ކަމާގުޅޭ އިދާރާއަކުން އާންމުކޮށްފައިވާ ލިސްޓަކުން ނުވަތަ ދޫކޮށްފައިވާ އެހެން ލިޔުމަކުން އެ މީހަކަށް ފްލެޓު ލިބޭނެކަން ކަށަވަރުވާ ނަމަ، އެފަދަ މައުލޫމާތެއް ނުވަތަ ލިޔުމެއް ބަލައިގަންނާނެ އެވެ. މިއީ އެކި ސަބަބުތަކާހުރެ އެފަދަ ލިޔުންތައް ގެއްލިފައިވާ ނުވަތަ ލިބިފައިނުވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެކެވެ.

“ބޯހިޔާވަހިކަން އެންމެންނަށް” ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ޖުމްލަ 7,900 ފްލެޓު ދޫކުރުމަށް ވަނީ ހަމަޖައްސާފަ އެވެ. އޭގެ ތެރެއިން ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓު ކަނޑައަޅާފައިވާއިރު، ހިޔާ ވެށިފަހި ކެޓަގަރީއަށް 500 ފްލެޓު ވަނީ ޚާއްސަކުރެވިފަ އެވެ.

މި ސްކީމުގެ އަސާސީ ޝަރުތެއްގެ ގޮތުގައި ހިމެނެނީ މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނެވެ. ފްލެޓު ދިނުމަށް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓާއި، މާލޭގައި ރަށްވެހިވެފައި ނުވާނަމަވެސް މާލޭގައި ދިރިއުޅެމުންދާ މީހުންނަށް 1,500 ފްލެޓުގެ އިތުރުން، ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2,400 ފްލެޓު ހިމެނެ އެވެ.

ޓެގް

ވެށިފަހި ހިޔާފްލެޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.