ދީން ހެޔޮޢަމަލުތައް ގިނަކުރުމަށް ބާރުއަޅަމާ ހިނގާށެވެ!(ދެވަނަބައި)

ހެޔޮޢަމަލުތައް ގިނަކުރުމަށް ބާރުއަޅަމާ ހިނގާށެވެ!(ދެވަނަބައި)

ހެޔޮޢަމަލުތައް ގިނަކުރުމަށް ބާރުއަޅަމާ ހިނގާށެވެ!(ދެވަނަބައި)

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހެޔޮޢަމަލުތަކަކީ ތިމާގެ ފާފަތައް ފޮހެވި، އާޚިރަތް ބާއްޖަވެރިވުމަށް އޮތް މަގެކެވެ. އެހެންކަމުން، ކިތަންމެ ކުޑަ ހެޔޮކަމެއް ނަމަވެސް، އެއީ ދޫކޮށްނުލައި ކުރަންޖެހޭ އަޒުމެއްގެ ގޮތުގައި ކަނޑައަޅަމާ ހިންގަވާށެވެ.

ޝައްކެއްނެތް ގޮތުގައި، ހެޔޮޢަމަލުތަކުގެ މަގުތައް ކިތަންމެ ގިނަޔަސް، އެ މަގުތަކުން ހިނގައި ޢަމަލީގޮތުން އެކަންކަން ނުކުރާނަމަ، އެއިން ކުރާނެ ފައިދާއެއް ނެތެވެ. މި ވާހަކަ މިގޮތަށް ފާހަގަކުރަން ޖެހެނީ، މުޖުތަމަޢުގެ ތެރެއިން މިކަމުގެ ނޭދެވޭ މަންޒަރުތައް ފެންނަމުންދާތީއެވެ. ޚާއްޞަކޮށް މިސްކިތުގެ މާޙައުލުން މިކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ބަންގީގެ އަޑާއެކު މިސްކިތަށް ދާ ގިނަ ބަޔަކު ފެނުމަކީ ނުހަނު އުފާވެރި މަންޒަރެކެވެ. އެހެންނަމަވެސް، ހިތާމަޔަކީ ނަމާދުގެ އިހުސުންނަތްތަކަށް ފަރުވާކުޑަކޮށް، މިސްކިތުގެ ފެންޑާގައާއި އެހެނިހެން ތަންތަނުގައި ދުނިޔަވީ ވާހަކަތަކުގައި ވަގުތު ބޭކާރުކުރާތީއެވެ.

މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ބުނެފާނެއެވެ. އެއީ މުއައްކަދަ (ސުންނަތްކަން ގަދަ) ނޫން ނަމާދެއް ކަމަށްވާތީ ނުކުރަނީއެވެ. ނަމަވެސް، އެފަދަ ސުންނަތް ނަމާދެއް ކުރުމަކީ އޭގެ ސަބަބުން ތިމާއަށް ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭނެ ކަމެއްކަން އެއްވެސް ޞަޙީޙް ޙަދީޘަކުން އެނގޭކަށް ނެތެވެ. އޭގެ ބަދަލުގައި، އެފަދަ ސުންނަތްތަކުން ވެސް އިތުރު ޘަވާބާއި ދަރުމަ ލިބިގެންދާނެކަން ގިނަގުނަ ޙަދީޘްތަކުން ސާބިތުވެއެވެ. އަދި އެއްވެސް ޢިލްމުވެރިއަކުވެސް އެފަދަ ހެޔޮކަމަކުން މަނާކުރައްވާފައެއް ނުވެއެވެ. އެ ބޭފުޅުންވެސް އިރުޝާދު ދެއްވަނީ އެއީ ސުންނަތްކަން ގަދަނޫން ނަމާދެއް ކަމުގައި ވިޔަސް، އެއިން ލިބޭނެ މަތިވެރި ދަރުމައަށްޓަކައި އެކަން ކުރުމަށެވެ. އެހެންކަމުން، އަޅުގަނޑުގެ ސުވާލަކީ، ހެޔޮކަމުގެ މަތިވެރި ވަގުތުކޮޅެއްގައި ވާހަކަދައްކަން ތިބުމަށްވުރެ، އެ ސުންނަތް ނަމާދުކޮށްލުމުގެ މޮޅުއިތުރުކަން މާ ބޮޑު ނޫންތޯއެވެ؟

މިއީ އަޅުގަނޑުމެންގެ ތެރޭގައި އާންމުވެފައިވާ އެއް މިސާލެވެ. ހިތާމައަކީ، ސުންނަތަށް ލޯބިކުރާ ކަމަށް ދަޢުވާކުރާ ޒުވާނުންގެ ފަރާތުންވެސް މިފަދަ ކަންކަން ފެންނަމުންދާތީއެވެ. ނަމާދުގެ ފަހުން ކުރެވޭ ސުންނަތްތަކާ މެދުވެސް ގިނަ ބަޔަކު ޢަމަލުކުރަނީ ހަމަ މިފަދަ ފަރުވާކުޑަ ގޮތަކަށެވެ. މުސްލިމަކަށް ވާންޖެހޭނީ ކިރިޔާވެސް ހެޔޮކަމެއް ލިބެން އޮތް ފުރުޞަތެއްނަމަ، އެ ފުރުޞަތެއްގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ މީހަކަށެވެ. އެކި ޙާލަތްތަކާއި ޢުޛުރުތައް ހުންނަ ފަރާތްތައް މީގެއިން އިސްތިސްނާވީ ނަމަވެސް، އެއްވެސް މަޖުބޫރުކަމެއް ނެތި މިފަދަ ހެޔޮކަންކަމުން ދުރުހެލިވެ ތިބުމަކީ ހިތާމަހުރި ކަމެކެވެ.

(ނުނިމޭ)

ޓެގް

ހެޔޮޢަމަލު ގިނަކުރުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.