ބޭރުދުނިޔެ ބަންގްލަދޭޝްގެ އާ ބޮޑުވަޒީރަށް ސައުދީގެ ވަލީއަހުދު ތަހުނިޔާ ފޮނުއްވައިފި

ބަންގްލަދޭޝްގެ އާ ބޮޑުވަޒީރަށް ސައުދީގެ ވަލީއަހުދު ތަހުނިޔާ ފޮނުއްވައިފި

ބަންގްލަދޭޝްގެ އާ ބޮޑުވަޒީރަށް ސައުދީގެ ވަލީއަހުދު ތަހުނިޔާ ފޮނުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ތާރިގް ރަހުމާނަށާއި އެ ގައުމުގެ އާ ސަރުކާރުގެ އިސްވެރިންނަށް، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ތަހުނިޔާ ފޮނުއްވައިފިއެވެ.

ސައުދީ ޕްރެސް އެޖެންސީން (އެސް.ޕީ.އޭ) ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ވަލީއަހުދު ވަނީ ބަންގްލަދޭޝްގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ފަހުގެ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވި ތާރިގް ރަހުމާން، ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައެވެ.

އުމުރުފުޅުން 60 އަހަރުގެ ތާރިގް ރަހުމާނަކީ، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އާއި އަވަހާރަކޮށްލާފައިވާ ކުރީގެ ރައީސް ޒިއާއުއްރަހުމާންގެ ދަރިކަލުންނެވެ.

އުމުރުން 60 އަހަރުގެ ތާރިގް އަކީ ތައުލީމީގޮތުން މާ ފުންނާބު އުސް ބޭފުޅެއް ނޫނެވެ. ޔުނިވާސިޓީގެ ދެވަނަ އަހަރުގައި ތައުލީމީ ދާއިރާއިން ދުރަށް ޖެހިވަޑައިގެންނެވިއެވެ. އެއަށްފަހު ދެން އުޅުއްވީ އަމިއްލަ ވިޔަފާރީގެ ދާއިރާގައާއި މަންމާފުޅު ބޭގަމް ޚާލިދާގެ ދަށުން ބީއެންޕީ ގެ ސިޔާސީ މަސައްކަތްތަކުގައެވެ.

މަންމާފުޅު ބޭގަމް ޚާލިދާ ދެފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރެއްވި ނަމަވެސް ތާރިގް ސަރުކާރުގެ އެއްވެސް މަގާމެއް މިހާތަނަށް ފުރުއްވައިފައެއް ނުވެއެވެ.

ތާރިގްގެ ބީއެންޕީ ނުވަތަ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ ވަނީ އާންމު އިންތިޚާބުގައި އެގައުމުގެ ޕާލަމެންޓްގައި އިންތިޚާބުކުރާ 300 ގޮނޑީގެ ތެރެއިން 212 ގޮނޑި ކާމިޔާބުކޮށް ޕާލަމެންޓްގެ ބޮޑު އަޣްލަބިއްޔަތެއް ހޯދާފައެވެ. މި އިންތިޚާބުގައި ދެވަނަ އަށް އެންމެ ގިނަ ގޮނޑި ލިބުނީ ދީނީ ވިސްނުމުގެ ޕާޓީއެއްކަމަށްވާ ޖަމާއަތޭ އިސްލާމީ ޕާޓީ އަށެވެ. އެހެންކަމުން އިދިކޮޅު ޕާޓީއަކަށްވާނީ އެޕާޓީއެވެ.

ޓެގް

ސައުދީ ބަންގްލަދޭޝް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.