ޚަބަރު މާލޭގެ ކަނޑުތޮށި މަރާމާތުކުރުމަށް ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

މާލޭގެ ކަނޑުތޮށި މަރާމާތުކުރުމަށް ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

މާލޭގެ ކަނޑުތޮށި މަރާމާތުކުރުމަށް ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލޭގެ ކަނޑުތޮށި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޠަޢާމު މުޙައްމަދެވެ. މިއީ ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ “ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް” ގެ ފުރަތަމަ ފޭސްގެ މަސައްކަތެވެ.

ގާތްގަނޑަކަށް 70 މިލިއަން ދިވެހި ރުފިޔާ (700 މިލިއަން ޖަޕަނީޒް ޔެން) ޚަރަދުވާ މި މަޝްރޫއަކީ 487 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މަސައްކަތެކެވެ. މި މަޝްރޫއުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑް ހަމަޖައްސާފައިވާއިރު، މިއީ ރާއްޖޭގެ ރަށްތައް ހިމާޔަތްކުރުމަށް ޖަޕާނު ސަރުކާރުން ދެމުންގެންދާ ސިލްސިލާ އެހީތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއެކެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުވެސް މި މަސައްކަތަށް ބޭނުންވާ 140,000 ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި މަޝްރޫއު ނިމުމުން މާލޭގެ ކަނޑުތޮށީގެ ވަރުގަދަކަން އިތުރުވެ، ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ޓެގް

ހައުސިންމިނިސްޓަރ ޖަޕާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.