ޚަބަރު ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންގެ ގުރުއަތުލުން މިއަންނަ ބުރާސްފަތި ދުވަހު ބާއްވަނީ

ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންގެ ގުރުއަތުލުން މިއަންނަ ބުރާސްފަތި ދުވަހު ބާއްވަނީ

ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންގެ ގުރުއަތުލުން މިއަންނަ ބުރާސްފަތި ދުވަހު ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ އޭޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލުން މި މަހުގެ 12 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން ބުނީ ގުރުއަތު ނެގުމަށްފަހު ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކުން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން އެކަން ކުރަންޖެހޭނެ ކަމަށެވެ.

މި އިންތިޚާބުގައި ޖުމްލަ 2,994 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި 6 ސިޔާސީ ޕާޓީއަކުން 1,210 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރާ 401 ކެންޑިޑޭޓުން ހިމެނެއެވެ. އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ. އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މިހާރުވެސް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމްކޮށް، ޝަކުވާތައް ބަލައިގަންނަން ވަނީ ފަށާފައެވެ.

މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޖުމްލަ 678 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.

ޓެގް

އީސީ ލޯކަލް ކައުންސިލްއިންތިޙާބު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.