ޚަބަރު ފޯޅަވަހީގެ މައްސަލައިގައި ކުރީގެ ސަރުކާރުން ފޮނުވި ސިޓީ އަނބުރާ ގެންނަވާކަން ރަސްމީކޮށް އަންގަވައިފި

ފޯޅަވަހީގެ މައްސަލައިގައި ކުރީގެ ސަރުކާރުން ފޮނުވި ސިޓީ އަނބުރާ ގެންނަވާކަން ރަސްމީކޮށް އަންގަވައިފި

ފޯޅަވަހީގެ މައްސަލައިގައި ކުރީގެ ސަރުކާރުން ފޮނުވި ސިޓީ އަނބުރާ ގެންނަވާކަން ރަސްމީކޮށް އަންގަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޯޅަވަހީގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެންނެވުމަށް ނިންމަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަން ރަސްމީކޮށް އެ ޤައުމަށް އަންގަވައިފިއެވެ.

ރައީސް މުޢިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލައިގައި ކުރީގެ ނިންމުން ބަދަލުކޮށް، ކަނޑުގެ ސަރަހައްދު ކުރިން އޮތް ގޮތަށް ކަނޑައެޅުމަށް ޤާނޫނަށް އިޞްލާޙު ގެންނަވާނެ ކަމަށެވެ.

ނިމިދިޔަ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ދައުލަތަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބައިނަލްއަޤްވާމީ މާހިރުން ލަފާދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެ ނިންމުން ނިންމި ސަބަބުތައް ދެނެގަނެ، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި “ކޮމިޝަން އޮފް އިންކުއަރީ” އެއް އުފެއްދުމަށް ރައީސް ވަނީ ނިންމަވާފައެވެ.

މި ކޮމިޝަން އުފައްދަވަނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުންނެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް މަސައްކަތް ކުރުމާއި، ދިވެހި ދައުލަތުގެ މަޞްލަޙަތަށް އުނިކަން އަންނަ ފަދަ ކަންކަން ކުރިމަގުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެކަށައެޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޓެގް

ރިޔާސީ ބަޔާން 2026 ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.