ޚަބަރު ގެއްލުނު ކަނޑުގެ ސަރަހައްދު ދޫކޮށްލި މީހުންގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަނީ

ގެއްލުނު ކަނޑުގެ ސަރަހައްދު ދޫކޮށްލި މީހުންގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަނީ

ގެއްލުނު ކަނޑުގެ ސަރަހައްދު ދޫކޮށްލި މީހުންގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށް ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށާއި، އެކަމުގައި އިހުމާލުވި މީހުންގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ.

ރައީސް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަން ނިންމާފައިވާ ކަމަށާއި، ކަނޑުގެ ސަރަހައްދަކީ ކުރިންވެސް އޮތް ފުރިހަމަ މިންވަރު ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.

ބައިނަލްއަގްވާމީ މާހިރުންގެ ލަފަޔާ ހަވާލާދެއްވައި ރައީސް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން ދައުލަތަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، އެ ނިންމުންތައް ނިންމި މީހުންނާ ސުވާލުކޮށް، އެކަމުގެ ފަހަތުގައިވާ ސަބަބުތައް ދެނެގަތުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ މުހިއްމު މަސައްކަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ‘ކޮމިޝަން އޮފް އިންކުއަރީ’ އެއް އުފައްދަވަން ނިންމެވީ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.

ޓެގް

ރިޔާސީ ބަޔާން 2026 ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.