ޚަބަރު ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް އަލުން ފަށައިފި

ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް އަލުން ފަށައިފި

ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް އަލުން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅާ އެއްގޮތަށް، ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ހެނދުނު އަލުން ފަށައިފިއެވެ.

ރައީސް މުޢިއްޒު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މިއީ މާލެ ސަރަހައްދުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އަވަހަށް ނިންމާލެވޭނެ މަޝްރޫޢު ކަމަށެވެ.

ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާތަނަށް ހިއްކާފައިވާ 56 ހެކްޓަރުގެ އިތުރުން އަލަށް 169 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އިސްކަންދީގެން ވަރަށް ބާރުސްޕީޑުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ސަރުކާރުން ދާދިފަހުން އާންމުކުރި ގިރާވަރުފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް، އެ ސަރަހައްދުން 4 ސައިޒެއްގެ ޖުމުލަ 4072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ 1250 އަކަފޫޓުގެ 2603 ގޯއްޗެވެ. ޕްލޭނަށް ގެނައި ބަދަލާއެކު ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލުން ކުރިއަށްގެންދާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.