ޚަބަރު

އެސްއީޒެޑްގައި ތެލާއި މިނަރަލް ހޯދުމުގެ މަސައްކަތް ކުރެވޭގޮތަށް ރައީސް ހަމަޖައްސަވައިފި

ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަކުގައި ކުރެވޭނެ އިގުތިސާދީ މަސައްކަތްތަކުގެ ތެރޭގައި ތެލާއި ގޭސް އަދި މިނަރަލް ހޯދުމުގެ މަސައްކަތްތައް ހިމަނުއްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގަރާރެއް ނެރުއްވައިފިއެވެ.

މީގެ ކުރިން އޮތް ގަރާރުގައި ހަމައެކަނި ގޭހާ ގުޅޭ މަސައްކަތްތައް ހިމެނިފައިވީ ނަމަވެސް، އައު އިސްލާހާއެކު ތެލާއި އެކި ބާވަތުގެ މިނަރަލްތައް ފެނޭތޯ ބެލުމުގެ ދިރާސާތަކަށް މަގުފަހިވެގެންދާނެއެވެ.

މި ގަރާރުގައިވާ ގޮތުން، އެސްއީޒެޑްތަކުގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރެވެ. ނަމަވެސް ‘ސަސްޓެއިނަބަލް ޓައުންޝިޕް’ ތަރައްގީކުރުމުގެ މަޝްރޫއުތަކަށް އެންމެ މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓްކުރަން ޖެހެއެވެ. މީގެ އިތުރުން މެނުފެކްޗަރިން، ލޮޖިސްޓިކްސް، އައިސީޓީ ޕާކްތައް އަދި ބައިނަލްއަގުވާމީ މާލީ ހިދުމަތްތައް ފަދަ ދާއިރާތަކުންވެސް އެސްއީޒެޑްގެ ދަށުން އިންވެސްޓްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ތެޔޮ ފެނޭތޯ މީގެ ކުރިންވެސް ބައެއް ދިރާސާތައް ކޮށްފައިވާއިރު، މިނަރަލް ހޯދުމުގެ މަސައްކަތް ލިސްޓަށް އިތުރުކުރުމަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، އައު އާމްދަނީގެ ވަސީލަތްތައް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ. މި ބަދަލާއެކު ބޭރުގެ ބޮޑެތި އިންވެސްޓަރުން ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރާނެ ކަމަށް ބެލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close