ކުޅިވަރު ރެއާލްއަށް ބޮޑު ލަދެއް، ދެވަނަ ޑިވިޝަންގެ ޓީމެއްގެ އަތުން ބަލިވެ ސްޕެނިޝް ކަޕުން ކަޓައިފި

ރެއާލްއަށް ބޮޑު ލަދެއް، ދެވަނަ ޑިވިޝަންގެ ޓީމެއްގެ އަތުން ބަލިވެ ސްޕެނިޝް ކަޕުން ކަޓައިފި

ރެއާލްއަށް ބޮޑު ލަދެއް، ދެވަނަ ޑިވިޝަންގެ ޓީމެއްގެ އަތުން ބަލިވެ ސްޕެނިޝް ކަޕުން ކަޓައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގެ ގަދަ 16 ބުރުގައި ރޭ ކުޅުނު މެޗުން ދެވަނަ ޑިވިޝަނުގެ އަލްބަސެޓޭ އަތުން 3-2 އިން ބަލިވެ، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ ރެއާލް މެޑްރިޑަށް ބޮޑު ސިހުމަކާއި ލަދެއް ކުރިމަތިވެއްޖެއެވެ.

މިއީ އެ ޓީމުގެ ކޯޗުކަމުން ޒަބީ އަލޮންސޯ ވަކިކޮށް، އާ ކޯޗު އަލްވާރޯ އާބެލޯއާއާ ޓީމު ހަވާލުކުރި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. ރެއާލުން މި މެޗަށް ނުކުތީ ލީގުގައި ކުރިއަށް އޮތް މެޗަށް އިސްކަންދީ، އެމްބާޕޭ، ރޮޑްރީގޯ، ކޯޓުއާ އަދި ބެލިންހަމް ފަދަ ތަރިން ނުލައެވެ.

އަލްބަސެޓޭގެ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖަވީ ވިލާއެވެ. އޭގެ ފަހުން ރެއާލްގެ ފްރާންކޯ މަސްޓަންޓޫނޯ އާއި ގޮންޒާލޯ ގާސިއާ ލަނޑު ޖަހައި ދެ ފަހަރެއްގެ މަތިން ނަތީޖާ އެއްވަރުކުރި ނަމަވެސް، އަލްބަސެޓޭގެ ޖެފްޓޭ ބެޓަންކޯ ކާމިޔާބުކުރި ދެ ލަނޑާއެކު ރެއާލް ވަނީ މުބާރާތުން ކަޓައިފައެވެ. މި ނަތީޖާއާއެކު ދެވަނަ ޑިވިޝަނުގެ އަލްބަސެޓޭ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ރެއާލްގެ އާ ކޯޗު އާބެލޯއާ ބުނީ، މި ބަލިވުމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާނެ ކަމަށެވެ. މުހިއްމު ކުޅުންތެރިން ނުލައި ޓީމު އެކުލަވާލުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި، އެއީ އެ ވަގުތުގެ ހާލަތަށް ބަލައި ނިންމި ރަނގަޅު ނިންމުމެއް ކަމަށް އޭނާ ގަބޫލުކުރާކަމަށެވެ.

ޓެގް

ރިއަލްމެޑްރިޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.