ކުޅިވަރު އެތުލެޓިކޯ ބަލިކޮށް ރެއާލް ފައިނަލަށް، އަނެއްކާވެސް ބާސެލޯނާއާ ދެކޮޅަށް

އެތުލެޓިކޯ ބަލިކޮށް ރެއާލް ފައިނަލަށް، އަނެއްކާވެސް ބާސެލޯނާއާ ދެކޮޅަށް

އެތުލެޓިކޯ ބަލިކޮށް ރެއާލް ފައިނަލަށް، އަނެއްކާވެސް ބާސެލޯނާއާ ދެކޮޅަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުގައި ރޭ އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ރެއާލް މެޑްރިޑުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި ނަތީޖާ އާއި އެކު މާދަމާރޭ ކުޅޭ ފައިނަލުގައި ރެއާލް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ދެކޮޅަށެވެ. ބާސެލޯނާ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 5-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކުރުމަށްފަހުއެވެ.

އަލިންމާ ބޭންކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ދެވަނަ މިނެޓުގައި ފެޑެރީކޯ ވަލްވޭޑޭ ޖެހި ހިލޭ ޖެހުމަކުން ރެއާލުން ވަނީ ލީޑު ނަގާފައެވެ. އަދި ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ރޮޑްރީގޯ ވަނީ އިތުރު ލަނޑެއް ޖަހައި ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ. އެތުލެޓިކޯގެ ހަމައެކަނި ލަނޑު އޭގެ ތިން މިނެޓު ފަހުން ކާމިޔާބުކޮށްދިނީ އަލެކްސަންޑަ ސޯލޯތުއެވެ.

މިދިޔަ އަހަރުގެ ފައިނަލުގައިވެސް ބައްދަލުކުރީ މި ދެ ޓީމެވެ. އެ ފަހަރު 5-2 އިން ރެއާލް ބަލިކޮށް ތަށި އުފުލާލީ ބާސެލޯނާއެވެ. ރޭގެ މެޗުގެ ފަހުކޮޅު ނަތީޖާ ހަމަހަމަކުރަން އެތުލެޓިކޯގެ ޖޫލިއަން އަލްވަރޭޒަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

މާދަމާ ރޭގެ ފައިނަލްވެގެންދާނީ ބާސެލޯނާ އަތުން ބަދަލުހިފުމަށް ރެއާލަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށެވެ.  

ޓެގް

ރިއަލްމެޑްރިޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.