ޚަބަރު

މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހު ކުއްލިގޮތަކަށް ނިޔާވެއްޖެ

ރާއްޖޭގެ ފިލްމީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު، ހާޓް އެޓޭކެއް ޖެހިގެން މިރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ އުފަން ރަށް ހއ. ކެލާއިން ފަރުވާއަށް ހއ. ދިއްދޫ އަށް ގެންދިޔަ ފަހުން، އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފައްތާހު ނިޔާވެފައި ވަނީ މިއަދު އިރުއޮއްސުނު ވަގުތު މެޔަށް ކުއްލި ތަދެއް އަރައިގެން، ހއ. ކެލާ ސިއްހީ މަރުކަޒަށް ގެންގޮސް އެތަނުން ފަރުވާ ދިނުމަށް ފަހު، އިމަޖެންސީގައި ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށްނެވެ.

ފައްތާހު ވަނީ ފިލްމީ ދާއިރާގައި ގިނަ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އޭނާ 2017 ވަނަ އަހަރު އެ ދާއިރާއިން ރިޓަޔާކޮށް އަމިއްލަ ރަށް ކެލައަށް ދިރިއުޅުން ބަދަލުކުރުމަށް ފަހު ހަރަކާތްތެރިވަމުން އައިސްފައި ވަނީ ވިޔަފާރި ކުރުމުގައެވެ.

ފިލްމީ ދާއިރާއަށާއި ކެލާ ރައްޔިތުންނަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފައްތާހުގެ ކުއްލި ވަކިވުމަކީ، ރާއްޖޭގެ ފިލްމީ ދާއިރާއަށާއި، ކެލާ ރައްޔިތުންނަށް ލިބުނު ބޮޑު ހިތާމައެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close