ޚަބަރު ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމަވައިފި

ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމަވައިފި

ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމަވައި، އެކަމާ ގުޅޭ ޤަރާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިޞްލާޙު ކުރައްވައިފިއެވެ.

މިއީ ހިރިމަރަދޫ ރައްޔިތުންގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ނިންމެވި މުހިންމު ނިންމެވުމެއްކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބަދަލު ގެންނެވުމުގެ މައިގަނޑު އެއް ބޭނުމަކީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ ހަނިމާދޫ ކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމެވެ. މިއީ އެ ރަށުގެ ރައްޔިތުން އެއްކޮށް އެހެން ރަށަކަށް ހިޖުރަކުރުމުގެ މަރުޙަލާގެ ފަހު ފިޔަވައްސެވެ.

ސަރުކާރުގެ ނިންމެވުމުގައިވާ ގޮތުން، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުވެ، ރަސްމީކޮށް ރަޖިސްޓަރީވެ ނިމުމުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކުރެވޭނެއެވެ. މި އިޞްލާޙަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުވެ ނިމި، އެކަން ސަރުކާރުން ރަސްމީކޮށް އިޢުލާނުކުރާ ތާރީޚުން ފެށިގެންނެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައިސް އޮފީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.