ޚަބަރު އިސްލާމިކް ބެންކްގެ އޭޓީއެމް ހިދުމަތް ރ. ދުވާފަރުގައި ފަށައިފި

އިސްލާމިކް ބެންކްގެ އޭޓީއެމް ހިދުމަތް ރ. ދުވާފަރުގައި ފަށައިފި

އިސްލާމިކް ބެންކްގެ އޭޓީއެމް ހިދުމަތް ރ. ދުވާފަރުގައި ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް އިސްލާމިކް ބެންކްގެ އޭޓީއެމް ހިދުމަތް ރ. ދުވާފަރުގައި ފަށައިފި އެވެ.

ރ. ދުވާފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ބެންކުގެ އޭޓީއެމް ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ އޭޓީއެމްއިން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

އެއީ އެމްއައިބީގެ ހިދުމަތްތައް ރާއްޖޭގެ އެކި ރަށްރަށަށް ފުޅާކުރުމަށް އެ ބެންކުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހުޅުވި އޭޓީއެމްއެކެވެ. އެމްއައިބީއިން ރާއްޖޭގެ އެކި ހިސާބުތަކަށް އެ ބެންކުގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، ފަސޭހައިން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ބެންކުގެ ގިނަ ހިދުމަތްތައް އޮންލައިންކޮށް ވެސް ދަނީ ދެމުންނެވެ. އެގޮތުން ބޭންކަށް ނުގޮސް ވަގުތުން އެކައުންޓް ހުޅުވުމާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވަގުތުން އެހެން ބޭންކުތަކަށް ފަވަރަ މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިތުރަށް ކާޑު ނުލާ ފައިސާ ޖަމާކުރުމުގެ ހިދުމަތް ވެސް އެ ބޭންކުން ދެ އެވެ.

ޓެގް

ދުވާފަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.