ޚަބަރު

މަސްވެރިންގެ މުޒާހަރާގައި ހައްޔަރުކުރި މައުރޫފް ޒާކިރުގެ ބަންދަށް 5 ދުވަސް

ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރުގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ. މަސްވެރިންގެ ދުވަހާ ދިމާކޮށް ބޮޑުކަންނެލި މަސްވެރި ދޯނިތަކުން ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި މައުރޫފް، ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުން ދިޔަ މި މުޒާހަރާ އިއްޔެ ވަނީ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލާފައެވެ. މި ހާދިސާގައި މައުރޫފް ހިމެނޭހެން ބައެއް މަސްވެރިން ވަނީ ހައްޔަރުކޮށްފައެވެ. މައުރޫފްއަކީ މަސްވެރިންގެ ޔޫނިއަންގެ ޖެނެރަލް ސެކެޓްރީ ވެސް މެއެވެ.

މައުރޫފް ހައްޔަރުކުރުމާ ގުޅިގެން، އެމްޑީޕީން އަންނަނީ އޭނާ ދޫކޮށްލުމަށް ގޮވާލަމުންނެވެ. އަދި އެމްޑީޕީން ވަނީ މި މައްސަލަ އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އަށް ވެސް ހުށަހަޅާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close