ޚަބަރު ތަރިކަ ދިރާސާކުރުމުގެ 40 ސްކޮލަރޝިޕް ރައީސްގެ އަނބިކަނބަލުން ހަވާލުކޮށްދެއްވައިފި

ތަރިކަ ދިރާސާކުރުމުގެ 40 ސްކޮލަރޝިޕް ރައީސްގެ އަނބިކަނބަލުން ހަވާލުކޮށްދެއްވައިފި

ތަރިކަ ދިރާސާކުރުމުގެ 40 ސްކޮލަރޝިޕް ރައީސްގެ އަނބިކަނބަލުން ހަވާލުކޮށްދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން ދޭ “ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް” 40 މީހަކަށް މިއަދު އެވޯޑުކޮށްފި އެވެ.

މި ސްކޮލަރޝިޕްތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ މާސްޓަރސް އިން ރިސަރޗް އެންޑް ޕަބްލިކޭޝަން ޕްރޮގްރާމެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން (އެންސީއެޗްއެސް) ސްޕޮންސަރކުރާ ފުރުޞަތުތަކެކެވެ. މި ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ އައިޔޫއެމްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން ޢިލްމީ، ފިކުރީ އަދި ތަރިކައިގެ ދިރާސާތައް ކުރުމާއި އެ ދިރާސާތައް ޝާއިޢުކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެންސީއެޗްއެސްއިން ވިދާޅުވެ އެވެ. ދެ އަހަރުގެ މުއްދަތަށް ހިންގާ މި ދިރާސީ މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު ދެ ދުވަހު އެންސީއެޗްއެސްގައި މަސައްކަތްކުރަން ޖެހޭނެ އެވެ. އަދި މި ސްކޮލަރޝިޕް ފުރުޞަތުގައި ކިޔަވާ ފަރާތްތަކުގެ ކޯސްފީ ދައްކަން ހަމަޖެހިފައިވަނީ އެންސީއެޗްއެސް އިންނެވެ.

ދިވެހި ޤައުމިއްޔަތު އިއާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކޮށް، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި 50 ދިރާސާވެރިންނަށް ފުރުޞަތު ދެއްވައި، ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢެއް ފެއްޓެވިއެވެ. މިފަހަރުގެ 40 ސްކޮލަރޝިޕަކީ ޤައުމިއްޔަތު ދިރުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއްކަމަށް އެންސީއެޗްއެސްއިން ބުނެ އެވެ.

ޓެގް

ސާޖިދާ ތަރިކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.