ޚަބަރު ބޮޑު އިމާރާތެއް އިމާރާތް ކުރުމަށްވުރެ، ދީނާއި ޤައުމު ދެކެ ލޯބިވާ ޒުވާން ޖީލެއް ބިނާކުރުން މާ މުހިންމު: ރައީސް

ބޮޑު އިމާރާތެއް އިމާރާތް ކުރުމަށްވުރެ، ދީނާއި ޤައުމު ދެކެ ލޯބިވާ ޒުވާން ޖީލެއް ބިނާކުރުން މާ މުހިންމު: ރައީސް

ބޮޑު އިމާރާތެއް އިމާރާތް ކުރުމަށްވުރެ، ދީނާއި ޤައުމު ދެކެ ލޯބިވާ ޒުވާން ޖީލެއް ބިނާކުރުން މާ މުހިންމު: ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤައުމުދެކެ ލޯބިވާ، އިސްލާމް ދީނަށް ލޯބިކުރާ، ފަޚުރުވެރި، ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަކީ 50 ބުރީގެ އިމާރާތެއް ބިނާކުރުމަށްވުރެވެސް ޤައުމަށް މާ މުހިންމުކަމެއް ކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޅ. މާފިލާފުށީގައި މިއަދު އިފްތިތާޙުކުރެއްވި ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުންނެވެ.  

ރައީސް މުއިއްޒު ވިދާޅުވީ މި ޕްރޮގްރާމަކީ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ޒުވާނުން ބިނާކުރުމަށް ފަށާފައިވާ މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި ތަރައްޤީ ފުރިހަމަގޮތުގައި ޙާޞިލުވާނީ އިސްލާމް ދީނާއި ދިވެހި ޤައުމަށް ލޯބިކުރާ، ހުނަރުވެރި ޖީލެއް ބިނާކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ތަމްރީނުގެ ބައިވެރިންނަށް އިލްތިމާސްކުރެއްވީ، މި ތަމްރީނަކީ އެބޭފުޅުންގެ މުސްތަޤްބަލު އުޖާލާކޮށް، އަމިއްލަ ޙަޔާތް ވަރުގަދަކުރާނެ ފުރުޞަތެއްގެ ގޮތުގައި ބަލައިގަނެ، އުޅުންހުރި، ޤައުމީ އަދި ދީނީ ލޯބި އަށަގެންފައިވާ، ބާރުވެރި ޒުވާނުންތަކެއްގެ ގޮތުގައި ކުރިއަށް ދިއުމަށެވެ.

ތިން މަސް ދުވަހުގެ މި ނޭޝަނަލް ސަރވިސް އިނީޝިއަލް ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ. މި ޕްރޮގްރާމްގެ ތެރެއިން ދިވެހި ޤައުމިއްޔަތާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، ކަސްރަތު، ފަސްޓް އެއިޑް އަދި ސެލްފް ޑިފެންސް ފަދަ ތަމްރީނުތައް ދެވޭނެއެވެ. ރައީސް ވިދާޅުވީ، މި ޕްރޮގްރާމަށް ޒުވާނުންގެ ފަރާތުން އޮތް ޝައުޤުވެރިކަން ފެންނަ ކަމަށާއި، ކުރިއަށް އޮތްތަނުގައި 5000 ޒުވާނުން ތަމްރީންކުރުމުގެ އަމާޒަށް ވާޞިލުވުމަކީ އެމަނިކުފާނުގެ އުއްމީދެއް ކަމަށެވެ.

ޓެގް

ޑރ.މުއިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.