ވިޔަފާރި އެސްޓީއޯ މެދުވެރިކޮށް މޭވާ، ތަރުކާރީ އަދި އެހެނިހެން އަސާސީ ބާވަތްތައް އެތެރެކޮށް ވިއްކުމަށް ސަރުކާރުން ނިންމައިފި

އެސްޓީއޯ މެދުވެރިކޮށް މޭވާ، ތަރުކާރީ އަދި އެހެނިހެން އަސާސީ ބާވަތްތައް އެތެރެކޮށް ވިއްކުމަށް ސަރުކާރުން ނިންމައިފި

އެސްޓީއޯ މެދުވެރިކޮށް މޭވާ، ތަރުކާރީ އަދި އެހެނިހެން އަސާސީ ބާވަތްތައް އެތެރެކޮށް ވިއްކުމަށް ސަރުކާރުން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިއީ ކެބިނެޓުގެ މަޝްވަރާއާއެކު ނިންމާފައިވާ ނިންމުމެކެވެ.

އެމަނިކުފާނު ވިދާޅުވީ ކެބިނެޓްގެ މި ނިންމުމުގެ ދަށުން، 10 ބާވަތުގެ މޭވާ، 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ފަދަ ބާވަތްތައް އެސްޓީއޯއިން އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފަށާނެކަމަށެވެ. ރައީސް ވިދާޅުވީ މިއީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތެއް ކަމަށާއި، މިކަމުގެ ސަބަބުން އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ ލިބި، އަގު ބޮޑުވުން ކޮންޓްރޯލް ކުރެވި، ހެޔޮ އަގުގައި ތަކެތި ލިބުމަށް މަގުފަހިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކެބިނެޓުން މި ނިންމުން ނިންމާފައި މިވަނީ ބައެއް ވިޔަފާރިތަކުން މޭވާ އާއި ތަރުކާރީގެ ބާވަތްތައް ވަރަށް ބޮޑު އަގުގައި ވިއްކަމުން ދިއުމުގެ ސަބަބުން ރައްޔިތުންނަށް މާލީ ގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ޓެގް

ޑރ.މުއިއްޒު އެސްޓީއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.