ޚަބަރު ފެހެންދޫން ޓީޗަރުން އުފައްދާނަން، ޓްރެއިނިން މި އަހަރު ފަށާނެ: ރައީސް

ފެހެންދޫން ޓީޗަރުން އުފައްދާނަން، ޓްރެއިނިން މި އަހަރު ފަށާނެ: ރައީސް

ފެހެންދޫން ޓީޗަރުން އުފައްދާނަން، ޓްރެއިނިން މި އަހަރު ފަށާނެ: ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބ. ފެހެންދޫ ސްކޫލަށް ދިމާވެފައިވާ ޓީޗަރުންގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށުން ޓީޗަރުން އުފެއްދުމަށް ބޭނުންވާ ތަމްރީނާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ. ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެހެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަސައްކަތް މިއަހަރުގެ ތެރޭގައި އަމަލީ ގޮތުން ފެށިގެންދާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، ރަށުން ބޭރުން ޓީޗަރުން ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން، ސަރުކާރުގެ އަމާޒަކީ އެ ރަށުގައި ދާއިމީކޮށް މަސައްކަތްކުރާނެ، ޝައުޤުވެރިކަން ހުރި ފަރާތްތަކެއް ހޯދައި، އެމީހުންނަށް ޓީޗިން ތަމްރީނު ދިނުން ކަމަށް ވިދާޅުވި އެވެ.

“ޓީޗަރަކު ނެތިއްޔާ، ޓީޗާ ޓްރެއިނިން ދީގެންވެސް އަޅުގަނޑުމެން ބޭނުންވަނީ ރަށުގެ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދޭން. އެކަމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،” ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ބ. ގޮއިދޫ ސްކޫލުގެ ބެލުމުގެ ދަށުން ސެޓަލައިޓްކޮށް ހިންގާ ފެހެންދޫ ސްކޫލުގައި މިވަގުތު 26 ދަރިވަރަކު ތަޢުލީމު ޙާސިލުކުރަމުން އާދެ އެވެ. ނަމަވެސް އެ ހުރިހާ ކުދިންނަށް ކިޔަވައިދެއްވުމަށް ހަރަކާތްތެރިވަނީ އެންމެ ތިން ޓީޗަރުންނެވެ.

ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ނުލިބުމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. ޚާއްސަކޮށް، ފެހެންދޫ ފަދަ އާބާދީ ކުޑަ ރަށްރަށުގެ ސްކޫލުތަކަށް ޓީޗަރުން ޝައުޤުވެރިނުވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.

ޓެގް

ފެހެންދޫ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.