ވިޔަފާރި އެސްޓީއޯއިން ލުނބޯގެ ހަމައަގަށް ތިރިކޮށްފި

އެސްޓީއޯއިން ލުނބޯގެ ހަމައަގަށް ތިރިކޮށްފި

އެސްޓީއޯއިން ލުނބޯގެ ހަމައަގަށް ތިރިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބާޒާރުގައި ލުނބޯގެ އަގު ބޮޑުވެގެން ދިއުމާ ގުޅިގެން, އެސްޓީއޯއިން ލުނބޯ އެތެރެކޮށް ލުބޯގެ އަގު ހަމައަގަށް ތިރިކޮށް ޢާޢްމުކޮށް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ ލުނބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފެށީ ރަމަޟާން މަހަށް ތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެވެ.

އެސްޓީއޯއިން ލުނބޯ ވިއްކާ އަގު:

ކިލޯއެއް – 50 ރުފިޔާއަށް
23 ކިލޯ – 1175 ރުފިޔާއަށް
މި އަގުގައި ލުނބޯ ވިއްކަން ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް (ރީޓެއިލް), އެސްޓީއޯ ހޯލްސޭލް ސެންޓަރު, އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެސްޓީއޯއިން ވަނީ ރަމަޟާން މަހަށް ފިޔާގެ އަގު ވެސް ހެޔޮކޮށްފައެވެ.

އެސްޓީއޯއިން ފިޔާ ވިއްކާ އަގު:

ކިލޯއެއް – 17 ރުފިޔާއަށް
ބަސްތާއެއް – 320 ރުފިޔާއަށް

ރަމަޟާން މަހަކީ ތަކެތީގެ އަގުތައް އުފުލިގެންދާ، އަދި ވަކިން ހާއްސަކޮށް ބާޒާރުގައި ވިއްކާ ތަކެއްޗަށް ޑިމާންޑު ބޮޑު ދުވަސްވަރެކެވެ.

ޓެގް

އެސްޓީއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.