ޚަބަރު ބުޅާ ފެސިލިޓީ ހުޅުމާލެ ފަރުކޮޅުފުށީގައި ގާއިމު ކުރަނީ

ބުޅާ ފެސިލިޓީ ހުޅުމާލެ ފަރުކޮޅުފުށީގައި ގާއިމު ކުރަނީ

ބުޅާ ފެސިލިޓީ ހުޅުމާލެ ފަރުކޮޅުފުށީގައި ގާއިމު ކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


މާލޭގައި ގިނަވެ އާންމު އުނދަގުލަކަށް ވެފައިވާ ބުޅާތައް ބެލެހެއްޓުމަށް ހުޅުމާލެ ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ގާއިމު ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫންވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމްއެވެ.

މިއަދުގެ ޕްރެސްގައި ނާޒިމް ވިދާޅުވީ، މިގޮތަށް ނިންމާފައިވަނީ ސޯޝަލް ކައުންސިލަަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އިން ހުށަހެޅި ކަރުދާހަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފަހުގައި ކަމުގައެވެ.

އޭނާ ވިދާޅުވީ އެގޮތުން ފަރުކޮޅުފުށީގައި އެކަމަށް ޚާއްސަ ބިމެއް ހަމަޖައްސާ، ފެސިލިޓީ އެ ސަރަހައްދުގައި ގާއިމް ކުރުމަށް ނިންމާފައިވާ ކަމުގައެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރަލް އެންޑް އެނިމަލް ވެލްފެއާ އާ ގުޅިގެން މާލެ ސިޓީ ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މި ޕެޓް ކެއާގެ ފެސިލިޓީ ގާއިމުކޮށް ކ. ފަރުކޮޅުފުށިން ހަމަޖެހިފައިވާ ބިމުން ބައެއްގައި ކެޓް ސެންޓަރެއް މާލެ ސިޓީ ކައުންސިލުން ގާއިމުކޮށް އެ ތަނަށް މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަދަލުކޮށް ކެޓް ޝެލްޓާގެ ހިދުމަތް އެ ތަނުގައި ގާއިމު ކުރުމަށް ވަނީ ނިންމާފައި.

ނާޒިމް ވިދާޅުވިއެވެ.

މާލޭގައި ބުޅާގިނަވެސް، ބުޅަލުގެ އުނދަގުލުން ސަލާމަތް ވުން ވެގެންދިޔައީ ފާއިތުވި ސިޓީ ކައުންސިލް ބައި އިލެކްޝަންގައި ވާދަކުރި ކެނޑިޑޭޓުންގެ މުހިންމު ވައުދަކަށްވެސް މެއެވެ.

ފާއިތުވެދިޔަ ތަނުގައި، ބުޅަލުގެ އުނދަގުލުން ސަލާމަތްވުމަށް ވިލިމާލޭގައި ބުޅާތައް ބައިތިއްބާނެ ތަނަކާއެކު ވެޓް ސާވިސް ކްލިނިކެއް ވިލިމާލޭގައި އިމާރާތް ކުރުމަށް ސިޓީ ކައުންސިލުން ފާސް ވެސް ކުރިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ޕްލޭނަކަށް އަމަލީސިފަ އައިސްފައެއް ނުވެއެވެ.

ޓެގް

ބުޅާ މާލެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.