ސިޔާސީ އާޒިމް މާލޭ މޭޔަރުކަމަށް ކުރިމަތިލައްވަނީ

އާޒިމް މާލޭ މޭޔަރުކަމަށް ކުރިމަތިލައްވަނީ

އާޒިމް މާލޭ މޭޔަރުކަމަށް ކުރިމަތިލައްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރު ހިއްސާވާ އެތައް ކުންފުންޏެއްގެ އެންމެ އިސް މަޤާމް އަދާކުރައްވާފައިވާ އަދި އެންމެފަހުން ނިމި ދިޔަ ސަރުކާރުގެ ދަޢުރުގައި އެމްޓީސީސީގެ ސީއީއޯ ކަން އަދާކުރެއްވި އާދަމް އާޒިމް، މާލޭ ސިޓީ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމަވައި، ރައްޔިތުންގެ ތާއީދަށް މިއަދު އެދިވަޑައިގެންފި އެވެ.

މަޢުލޫމަތު ލިބިފައިވާ ގޮތުގައި އާދަމް އާޒިމް މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވަނީ މިވަގުތު ސަރުކާރާ އިދިކޮޅު މައިޕާރޓީ އެމްޑީޕީގެ ފަރާތުންނެވެ. މޭޔަރު އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި، އާޒިމް ވަނީ މިއަދު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ފޯމު ހަވާލުކުރައްވައިފަ އެވެ.

ނިމިދިޔަ ދަޢުރުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އާދަމް އާޒިމް ވަނީ  އިނގިރޭސިވިލާތުގެ ނޮޓިންހަމް ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އިން ފައިނޭންސް އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސް ލަންޑަނުން ބެޗެލާރ އޮފް އާޓްސްއިން އެކައުންޓިން އެންޑް ފައިނޭންސް ހާސިލް ކުރައްވާފައެވެ.

މާލޭ މޭޔަރުކަމަށް ކުރިމަތި ލެއްވުމަށް މިއަދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށައަޅުއްވާފައިވާއިރު އާޒިމްގެ ކެމްޕޭން ޓީމުން ބުނާ ގޮތުގައި އޭނާއަކީ ކަނޑައަޅާ ލަނޑުދަނޑިތަކާއި އިސްތިރާޖީ ރޭވުންތައް ތަންފީޒު ކުރައްވައި، ޤައުމު ފަހުރުވެރިވާ ފަދަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

މިހާތަނަށް މާލޭ މޭޔަރުކަމުގެ ޓީކެޓަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓަށް ޝަޢުޤުވެރިކަން ފާޅުކުރައްވާފައި ވަނީ އާދަމް އާޒިމްގެ އިތުރުން ނިމިދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފެވެ.

ޓެގް

މާލޭސިޓީ އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.