ދީން ރަބީޢުލްއައްވަލު މަހަކީ ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގެންނެވި މާތް މައްސަރު: ޚުޠުބާ

ރަބީޢުލްއައްވަލު މަހަކީ ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގެންނެވި މާތް މައްސަރު: ޚުޠުބާ

ރަބީޢުލްއައްވަލު މަހަކީ ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގެންނެވި މާތް މައްސަރު: ޚުޠުބާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރަބީޢުލްއައްވަލު މަހަކީ ކީރިތި މާތް ރަސޫލާ ދުނިޔެއަށް ވަޑައިގެންނެވުވުމުގެ މަތިވެރި ޝަރަފްގެ މައްސަރު ކަމުގައި މައްސަރު މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާ މައިގަނޑު ގޮތެއްގައި އަލި އަޅުވާލައިފައި ވަނީ ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރަބީއުލް އައްވަލުގެ މައްސަރުގެ މައްޗަށެވެ. ހުތުބާގައި ވިދާޅުވީ ރަބީއުލް އައްވަލު މަހަކީ ބަރަކާތުން ފުރިގެންވާ މަހެއް ކަމަށެވެ. އަދި މި މަހަކީ އާލަމްތަތަކަށް ރަހުމަތެއް ކަމުގައި ލެއްވެވި ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގެންނެވި މައްސަރު ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަދި ނަބީކަމާއި ރަސޫލަުކަން ހަތިމް ކުރެއްވުމަށް ފޮނުއްވުނު މާތް ސާހިބާ މުހައްމަދު ގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ޝަރަފު މި ދުނިޔެއަށް ލިބިވަޑައިގަތުމުގެ މައްސަރު ކަމަށްވެސް ހުތުބާގައިވެއެވެ. ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތުމުގެ ފަހުރާއި ޝަރަފު ދުނިޔެއަށް ލިބިވަޑައިގަތުމުގެ ދުނިޔެއަށް ލިބުނު އިރު ދުނިޔޭގެ ހާލަތު އޮތް ގޮތަށްވެސް ހުތުބާގައި އަލިއަޅުވާލައްވައިފައިވެއެވެ. އެގޮތުން އިންސާނިއްޔަތު އެ ދުވަސްވަރުހާ ދަށު ދަރަޔަކަށް ވެއްޓިފައި ނުވާކަން ފާހަގަ ކުރައްވައިފައިވެއެވެ.

އެ ދުވަސްވަރު މީސްތަކުން ތިބީ ޖަހާލަތާއި ޝިރުކުގެ ކަނު އަނދިރިކަމުގެ ތެރޭގައި ގެއްލިފައެވެ. ނޭނގުމުގެ އަނދިރިކަމުގެ ތެރެއަށް ވަދެ މަގު އޮޅި ވާވެދެފައެވެ. އަނިޔާވެރިކަމާއި ތަޅާފޮޅުމާއި އަރާރުންވުމާއި ފިތުނަ ފަސާދަ އާންމުވެފައި ވަނީ ހައިރާންވުން އެކަށީގެންވާ ދަރަޖަ އަށެވެ. ކުރީގެ ރަސޫލުންނާއި ނަބިއްޔުންނާއި މުސްލިހުން ދެއްވި ތައުލީމާއި އިރުޝާދު، ދެއްކެވި ތެދުމަގާއި ހިދާޔަތުގެ އަސަރުވެސް ފެންނާކަށް ނެތެވެ.

– ހުތުބާގައި ވެއެވެ.

ޚުތުބާގައި ބުނީ އެދުވަސްވަރު ފޮތުގެ އަހުލުވެރީންގެ ގޮތުގައި ތިބީ ޔަހޫދީންނާއި، ނަސާރާއިން ކަމަށާއި، އެދެބައި މީހުން ވެސް ދިޔައީ އެއްބަޔަކު އަނެއްބަޔަކު ކުށްވެރިކުރަމުން ކަމަށެވެ. ޚުތުބާގައި ބުނީ މިފަދަ ހާލަތެއްގައި ދުނިޔެވަނިކޮށް ރަސޫލާ މުހައްމަދުގެފާނު ދުނިޔެއަށް ވަޑައިގަތީ ޔަތީމު ހާލުކޮޅުގައި ކަމަށާއި، އުފަންވެ ވަޑައިގަތް ދުވަހުން ފެށިގެން އެކަލޭގެފާނަށް ތަރުބިއްޔަތު ލިބިވަޑައިގަތީ ސީދާ އިލާހީ އިނާޔަތްތެރި ކަމުގެ ދަށުގައި ކަމަށެވެ.

އެފަދަ ނިކަމެތި ހާލަތަކަށް ދުނިޔެ ވެއްޓިފައި ވަނިކޮށް އިންސާނިއްޔަތަަށް ތެދު މަގު ދެއްކުމަށާއި ދުނިޔެ އިސްލާހު ކުރުމަށް ކީރިތި ރަސޫލާ ފޮނުއްވިކަން ހުތުބާގައި ފާހަގަ ކުރައްވައިފައިވެއެވެ.

އެހެން ނަމަވެސް ކީރިތި ރަސޫލާ ގެނެސްދެއްވި ރިސާލަތަކާއެކު ދުނިޔެ ދެކެން ފެށީ މުޅިން އައި ދައުރެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ ޖަހާލަތުގެ އަނދިރިކަން ފެތުރިފައި އޮތް ދުނިޔެއަށް ނޫރުގެ އަލިކަން ލިބިގެން ދިޔަ ކަމަށެވެ. އަދި އަނިޔާއާއި ބޭއިންސާފުގެ ބަދަލުގައި އަދުލު އިންސާފު އާންމުވެ ސުލްހަ މަސަލަސްކަން އާންމުވެގެން ދިޔަ ކަމަށް ވިދާޅުވެފައިވެއެވެ.

ހުތުބާގައި ވަނީ ކީރިތި ރަސޫލާ ގެނެސްދެއްވި ފޮތާއި ގޮތުގައި ވަރުގަދައަށް ހިފެހެއްޓުމަށް ގޮވާލައްވައިފައެވެ. ހަމަ އެހެންމެ އެކަލޭގެފާނުގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައި ހުރިހާ އަމަލުތަކެއްގައި ވެސް ކީރިތި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ވެސް ގޮވާލައްވާފައިވެއެވެ.

ޓެގް

ޚުޠުބާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.