ޚަބަރު

މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުން މާދަމާއަށް އެޖެންޑާކޮށްފި

ވެރިކަން ކުރާ އެމްޑީޕީގެ 13 މެމްބަރުން އެޕާޓީން ވަކިވުމާއެކު ޕާޓީތަކުގެ ދަފްރަތަށް އައި ބަދަލާ ގުޅިގެން ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

އެގޮތުން ކޮމިޓީތައް އަލުން އެކުލަވާލަންޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިދިޔަމަހުގެ 23 ވަނަ ދުވަހު ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

މިކަމާ ގުޅިގެން މަޖިލީހުގެ އަމީން ޢާންމު ވިދާޅުވީ ކޮމިޓީތައް އެކުލަވާލުން މަޑުޖެހިފައިވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމްގެ އެދިވަޑައިގަތުމާއި ގުޅިގެން ކަމަށެވެ.

ނަމަވެސް, ކޮމިޓީތައް އެކުލަވާލުން މަޑުޖެހިފައިވުމާއި ގުޅިގެން ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުން ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ކޮމިޓީތައް އެކުލަވާނުލެވުމުގެ ސަބަބުން މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަ ނާއިބު އިބްރާހިމް ރިފްޢަތާއި، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ވަކިކުރުމުގެ ގަރާރުތައް ހިމެނޭހެން ހަތަރު މައްސަލައެއް ކުރިއަށް ނުގޮސް ވަނީ މަޑުޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close