އަނެއްކާވެސް ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯއިން ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން އަނެއްކާވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ. މިއީ އެސްޓީއޯއިން ޖެހިޖެހިގެން ތެލުގެ އަގު ހެޔޮކުރި ދެވަނަ މަހެވެ.
އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގު ހެޔޮކޮށްފައިވަނީ ފާއިތުވި މޭމަހުގެ 1 ވަނަ ދުވަހުއެވެ.
އެސްޓީއޯއިން މި ގެނައި ބަދަލާއެކު ދެފަހަރުމަތިން ޕެޓްރޯލް ލިޓަރަކުން 1 ރުފިޔާ 24 ލާރި އަދި ޑީސަލް ލިޓަރަކުން 1 ރުފިޔާ 25 ލާރި ވަނީ އަގު ހެޔޮ ވެގެން ގޮސްފައެވެ.
އެސްޓީއޯއިން ބުނެފައިވަނީ ރޭ 12:00 އިން ފެށިގެން ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ސްޓޭޝަންތަކުން ބަދަލު ކުރި އަގުގައި ތެޔޮ ލިބެން ހުންނާނެ ކަމުގައެވެ.
