ޚަބަރު މިސްރުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޑިފެންޑަރު ބެއިރޫތުން ހައްޔަރުކޮށް، ފަހުން ދޫކޮށްލައިފި

މިސްރުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޑިފެންޑަރު ބެއިރޫތުން ހައްޔަރުކޮށް، ފަހުން ދޫކޮށްލައިފި

މިސްރުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޑިފެންޑަރު ބެއިރޫތުން ހައްޔަރުކޮށް، ފަހުން ދޫކޮށްލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިސްރުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ އަބްދުއްރަހްމާން ތާރިކް ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން މިދިޔަ ބުދަ ދުވަހު ބެއިރޫތުން ހައްޔަރުކޮށްފައިވާ އިރު، ފަހުން އޭނާ ދޫކޮށްލާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

މޮކާގެ ނަމުން މަޝްހޫރު ވެފައިވާ ތާރިކް އަކީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރުމުގެ ކުށުގައި މީގެ ކުރިން ވެސް މިސްރުގައި ހަތް އަހަރަށް ޖަލަށްލާފައިވާ މީހެއް ކަމަށާއި، މިސްރުގެ ކަމާބެހޭ ފަރާތްތަކުން އޭނާއަށް އަނިޔާކުރި ކަމަށް ދާރާޖް ނިއުސް އައުޓްލެޓްގައި ބުނެފައިވެ އެވެ.

2022 ވަނަ އަހަރުގެ ޖޫން މަހު އޭނާ ދޫކޮށްލުމުން ބެއިރޫތަށް ބަދަލުވީ އެ އަހަރުގެ ފިނި މޫސުމުގަ އެވެ.

އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ހިއުމަން ރައިޓްސް ޑިފެންޑަރުސް މެރީ ލޯލަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޮކާ ހައްޔަރުކުރުމަކީ ވަރަށް ހިތްދަތި ކަމެއް ކަމަށެވެ.

މޮކާގެ ކޮއްކޮ ސާރާ ތާރިކް ފޭސްބުކްގައި ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 16:00 އެހާކަންހާއިރު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ލުބްނާނުގެ ސަލާމަތީ ބާރުތަކުން މޮކާ ގެއިން ގެންދިޔައީ ނޭނގޭ ސަބަބުތަކަކާ ހުރެ ކަމަށެވެ.

https://www.facebook.com/photo.php?fbid=1384870379030642&set=a.312092659641758&type=3

އޭނާ ކުރި ފޮލޯއަޕް ޕޯސްޓެއްގައި ބުނެފައި ވަނީ ލުބްނާނުގެ އޮފިސަރުން އޭނާގެ ގެއަށް ވަދެ އޭނާ މިސްރަށް ގެންނާނެ ކަމުގެ އަޑު އިވުނު އިރު މޮކާ ހުރީ ރަހުމަތްތެރިއަކާ އެކު ފޯނުން ވާހަކަ ދައްކާން ކަމަށެވެ.

އެންމެ ފަހުން ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން މޮކާ ދޫކޮށްލީ ބުދަ ދުވަހުގެ ހަވީރު ކަމަށް އޭނާގެ ކޮއްކޮ ބުންޏެވެ.

ޓެގް

އިޖިޕްޓް ހިއުމަންރައިޓްސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.