ޚަބަރު

ނައިބު ރައީސް ފައިސަލް ނަސީމް ބ. ދަރަވަންދޫއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބ.ދަރަވަންދޫއަށް ވަޑައިގެންފިއެވެ. ނައިބު ރައީސް ފައިސަލް ނަސީމް ދަރަވަންދޫއަށް މިހާރު ކުރައްވަމުންގެދަވާ ދަތުރުފުޅަކީ ބ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި މިހާރު ކުރިއަށްދާ “ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓަރ”ގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ދަރަވަންދޫ ބަނދަރުގެ ހާލަތު ވެސް ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން ރަށު ކައުންސިލްގެ ބޭފުޅުންނާއި އެކު ބަނދަރުގެ ހާލަތު ބައްލަވާލައްވާ ބަނދުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ކައުންސިލްއިން ވަނީ ނައިބު ރައީސްއާއި މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ޑޮމެސްޓިކް އެއަރޕޯޓެއް އޮންނަ އެރަށު ބަނދަރުގެ ޖާގަ ކުޑަވުމުން އެރަށަށް އަންނަ ފަރާތަކަށް ދިމާވާ ދަތިތައް ކައުންސިލުން ހިއްސާކުރެއްވިއެވެ.

ދަރަވަންދޫގައި މިހާރު އޮތް ބަނދަރަކީ މީގެ 20 އަހަރުކުރިން ތަރައްޤީކޮށްފައި އޮތް ބަނދަރެކެވެ. އެބަނދަރަކީ 700 ފޫޓް ދިގު 290 ފޫޓް ފުޅާ ބަނދަރެކެވެ. އެރަށަކީ ޑޮމެސްޓިކް އެއަރޕޯޓެއް އޮންނަ ރަށަކަށްވުމުން އެރަށު ފަޅަށް ދުވާލަކު އެތައް އުޅަނދެއް ވަދެ ނުކުމެހަދައެވެ. ވަކިން ޚާއްސަކޮށް ބ. އަތޮޅުގެ 16 ރިސޯޓްގެ ބޮޑެތި ލޯންޗްފަހަރު ކައިރިކޮށް ފަތުރުވެރިން އަރުވާ ބާލައެވެ.

ގުޅުންހުރި ލިޔުންތައް

ދަރަވަންދޫ ބަނދަރު މަރާމާތުކޮށް ބޮޑުކުރުމަށް ސަރުކާރުން މިއަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ވަނީ އެމްޓީސީސީ އާ ހަވާލުކުރައްވާފައެވެ.

ނާއިބުރައީސް ފައިސަލް ނަސީމް ދަރަވަންދޫއަށް ކުރައްވާ ދަތުރުފުޅުގައި އެރަށު ކައުންސިލުން ތަަރައްޤީ ކުރާ ޕާކަށް އެމްޑަބްލިއުއެސްސީގެ ސީއެސް އާރުގެ ދަށުން ހަދިޔާ ކުރާ ސާމާނުތައް ދަރަަވަންދޫ ކައުންސިލާ ރަމްޒީގޮތުން ހަވާލުކޮށްދެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެރަށު ސިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވާ އެތަނުގެ ހާލަތު ބައްލަވާލެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close