ޚަބަރު

ޝާޒު މަޖިލިސް މެންބަރުކަމުގެ ހުވައިކުރައްވައިފި

ކ.ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި އެ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ އިބްރާހީމް ޝާޒު މިއަދު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހާޒިރުގައި މަޖިލީހުގެ އިދާރާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޝާޒަށް މަޖިލީހުގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝަތު ޝުޖޫނެވެ.

ގުރައިދޫ ދާއިރާގެ ގޮނޑިއަށް ޝާޒު އިންތިޚާބުވެވަޑައިގަތީ ފާއިތުވި 3 ދައުރުވެސް އެ ދާއިރާގެ މެންބަރުކަން ކުރެއްވި ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާ ގިނަ ދުވަސްތަކެއް އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަވަހާރަވުމާ ގުޅިގެން ބޭއްވި އެ ދާއިރާގެ ބައި-އިލެކްޝަނުންނެވެ.

ޝާޒު އެ ގޮނޑިއަށް އިންތިޚާބުވެވަޑައިގަތީ 1،346 ވޯޓާއެކު ވޯޓުލީ މީހުންގެ 49 އިންސައްތަ އަޣުލަބިއްޔަތު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓޫ ޙުސައިން ރިޒާއަށް 1،226 ވޯޓު ލިބިވަޑައިގަތެވެ. ދެ ބޭފުޅުންގެ މެދުގައި އުޅެނީ ގާތްގަނޑަކަށް 120 ވަރަކަށް ވޯޓުގެ ތަފާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close