ޚަބަރު ރައީސްސޯލިހުގެ ދެކަނބަލުން އީދު ނަމާދުގައި ބައިވެރިވެވަޑައިގެންފި

ރައީސްސޯލިހުގެ ދެކަނބަލުން އީދު ނަމާދުގައި ބައިވެރިވެވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި އީދު ނަމާދުގެ ޖަމާއަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެ ކަނބަލުން މިއަދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

އީދު ނަމާދަށްފަހުގައި، ރައީސުލްޖުމްހުރިއްޔާ ވަނީ އިސްލާމީ މަރުކަޒަށް ޢީދު ނަމާދަށް ވަޑައިގެންނެވި ބައެއް ބޭފުޅުންނާ އީދު ސަލާން ކުރައްވާފައެވެ.

ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް، ފިތުރު އީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

ތުރު އީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާކަމަށާއި މި އުފާވެރި މުނާސަބަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަހުންނާއި އުހުތުންނަށް ވެސް އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާކަމަށް އީދުގެ ހިތާބުގައި ރައީސް ވިދާޅުވިއެވެ.

ހަސަދައާއި ނަފްރަތަށް ހިތްތަކުން ޖާގަ ނުދިނުމަށާއި، ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމަށް އިލްތިމާސް ކުރައްވާ ރައީސް ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެމީހަކަށް ހިތް ހެޔޮކޮށް މައާފްކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށް ވަކިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

ޓެގް

ފިތުރުޢީދު ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.