ޚަބަރު

މަޖިލިސް މާދަމާ ފަށާއިރު، ސަރުކާރުން ގިނަ ބިލްތަކަކަށް އިސްލާޙް ހުށަހަޅަނީ

ރައްޔިތުންގެ މަޖްލިސްގެ ޖަލްސާތައް މިއަރަށް މާދަމާ ފަށާއިރު، ސަރުކާރުން ގިނަ ބިލްތަކަކަށް އިސްލާޙް ހުށަހަޅާނެކަމަށް ބުނެފިއެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއެކު މިދައުރަށް 23 ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވަނީ ބުނެފައެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތަކުގެ ލިސްޓު މަޖިލީހަށް ފޮނުވައިފައިވާ ކަމަށެވެ.

ސަރުކާރުން ހުށަހަޅަން ނިންމި ބިލުތައް:

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީިއަށް އިސްލާހު ގެނައުމުގެ ބިލު
  • ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
    މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގޭންގް ކުށްތައް މަނާކުރުމާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަނީލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިންތިޚާބުތަކާއިބެހޭ އާންމު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ރިޔާސީ އިންތިހާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ހައްޖާއި އުމްރާގެ ބިލު
  • ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިސްރަށްވެހިންގެ ބިލު
  • ފޮރިން އިންވެސްޓްމަންޓުގެ ބިލު
  • އިންޑަސްޓްރިއަލް ރިލޭޝަންގެ ބިލު
  • މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލު
  • އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
  • ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކުނިމެނޭޖްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
    ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށް ޤަޞްދުކުރާ ބިލުތަކުގެ ލިސްޓު މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅާފައެވެ. މިއަހަރު މަޖިލިސް ޖަލްސާތައް ފަށާނީ މާދަމާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close