ބޭރުދުނިޔެ

ޕެލޭގެ އުފަން ސިޓީ ސަންޓޯސްގައި ޕެލޭ ވަޅުލައިފި

ބްރެޒިލްގެ ފުޓްބޯޅަ އައިކަން ޕެލޭ ބޮޑުވެ، މަޝްހޫރުވި ސިޓީކަމުގައިވާ ސަންޓޯސްގައި ވަޅުލައިފި އެވެ.

ޕެލޭ މަރުވީ ކެންސަރު ބަލީގައި މުއްދަތަކަށް ފަރުވާ ހޯދުމަށް ފަހު ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އޭނާ އަކީ މިހާތަނަށް ތިން ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ އެވެ. މަރުވިއިރު އޭނާގެ އުމުރަކީ 82 އަހަރެވެ.

ތިން ފަހަރެއްގެ މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލްގެ ޤައުމީ ފުޓްބޯޅަ ޓީމަށް ގިނަ ލަނޑުތަކެއް ޖަހައިދިނީފައިވާ ޕެލޭގެ ޖަނާޒާ ބޭއްވީ ވިލާ ބެލްމިރޯ ސްޓޭޑިއަމް ކައިރީގައި ހުރި ސަހަރާއެއްގައި ، ތިން ގަޑިއިރުގެ ޖަޒުބާތީ ޖަލްސާއަކަށް ފަހު އެވެ. ޕެލޭ ވަޅުލުމުގައި ބައިވެރިވީ ހަމައެކަނި އާއިލާގެ މެމްބަރުންނެވެ.

“މިއީ ވަރަށް އުނދަގޫ ވަގުތެއް… އެކަމަކު އަހަރެމެންނަށް ވަރަށް ބޮޑު ޝަރަފާއި ފަޚުރެއް އިހުސާސް ކުރެވޭ،” ޕެލޭގެ ދަރިފުޅު އެޑިނިއޯ އޭނާގެ ބައްޕަ ވަޅުލުމަށް ފަހު ބުންޏެވެ.

ޕެލޭގެ ޖަނާޒާ ކޯޓޭޖް ކުރިއަށް ގެންދިޔައީ 1950 ގެ އަހަރުތަކުގައި ޕެލޭގެ ނަމުން ނަންދީފައިވާ ވިލާ ބެލްމިރޯ ސްޓޭޑިއަމްގައެވެ. އޭނާ ގެންދިޔައީ ފަޔަރ ޓްރަކެއްގައެވެ. އޭނާގެ ސަންދޯއް ސަހަރާއަށް ގެންދިޔައިރު، ބޭންޑްތަކުން ސަންޓޯސް ޓީމުގެ ރަސްމީ ލަވަ ކުޅެމުން ދިޔައެވެ. ޖަނާޒާއަށް ހާޒިރުވި މީހުންވެސް ސަމްބާ ލަވަތައް ކިޔަމުން ދިޔައިރު، އެއީ ޕެލޭ އަށް ވަރަށް ކަމުދާ ލަވަތަކެކެވެ.

24 ގަޑިއިރު ކުރިއަށް ގެންދިޔަ މި ޖަނާޒާގެ ރަސްމިއްޔާތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ބްރެޒިލްގެ ފުޓްބޯޅަ އައިކަން ޕެލޭގެ ނަމުގައި ދަނޑަކަށް ނަން ދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ.

“ދުނިޔޭގެ ހުރިހާ ފުޓްބޯޅަ އެސޯސިއޭޝަންތަކުން ކޮންމެ މެޗެއްގެ ފެށުމުގެ ކުރިން ހަމަހިމޭންކަމުގެ ސުކޫތެއް ގެނައުމަށް އެދެން. ކުރިއަށް އޮތް ޖީލުތަކަށް ޕެލޭ އަކީ ކާކުކަން އެނގެން ޖެހޭނެ،” ފީފާގެ ރައީސް އިތުރަށް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close