ބޭރުދުނިޔެ ކޮންމެ ގައުމަކުން ވެސް ފުޓްބޯޅަ ދަނޑަކަށް ޕެލޭގެ ނަން ކިޔުމަށް ފީފާގެ ރައީސް ގޮވާލައްވައިފި

ކޮންމެ ގައުމަކުން ވެސް ފުޓްބޯޅަ ދަނޑަކަށް ޕެލޭގެ ނަން ކިޔުމަށް ފީފާގެ ރައީސް ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮންމެ ގައުމަކުން ވެސް ފުޓްބޯޅަ ދަނޑަކަށް ޕެލޭގެ ނަން ކިޔުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގޮވާލައްވައިފި އެވެ.

އުމުރުން 82 އަހަރުގައި ކެންސަރު ބަލީގައި މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި ބްރެޒިލްގެ އައިކޮން ޕެލޭގެ ނަމުގައި ފުޓްބޯޅަ ދަނޑެއްގެ ނަން ކިޔުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކޮންމެ ގައުމަކުން ވެސް ގޮވާލައްވައިފައިވަނީ އަންގާރަ ދުވަހު އޮތް ޕެލޭގެ ޖަނާޒާގައި ބައިވެރިވެޑައިގަތުމަށް ފަހުގައެވެ.

އިންފަންޓީނޯ މިކަމަށް ގޮވާލެއްވީ އަންގާރަ ދުވަހު، ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ވަޅުލުމުގެ ކުރިން ސަންޓޯސްގެ އުރްބާނޯ ކަލްޑެއިރާ ސްޓޭޑިއަމްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ސަންޓޯސް ފުޓްބޯޅަ ދަނޑުގެ ތެރޭގައި ކުރިއަށްދިޔަ އާންމު ހަނދާނީ ޖަލްސާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީޑިއާގެ 5،000 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

ބްރެޒިލްގެ ލެޖެންޑް އުފަންވީ ޓްރެސް ކޮރަކޯސް އަށް ނަމަވެސް 1956 ވަނަ އަހަރު ސަންޓޯސް އަށް ބަދަލުވެ އުމުރުގެ ބޮޑު ބައެއް ހޭދަކުރީ ސައޯ ޕައުލޯގެ އަވަށްޓެރި ރަށެއްގަ އެވެ.

އިންފަންޓީނޯއާ އެކު ޕެލޭގެ ހަނދާނީ ޖަލްސާގައި ގިނަ އިއްޒަތްތެރިން ބައިވެރިވިއިރު، އޭގެ ތެރޭގައި ދާދި ފަހުން ބްރެޒިލްގެ ރައީސްކަމަށް އިންތިޚާބުވި ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑާ ސިލްވާ އާއި ނައިބު ރައީސް ޖެރަލްޑޯ އަލްކްމިން ހިމެނެ އެވެ.

“ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް އެދެމުން މިދަނީ އެގައުމެއްގެ ފުޓްބޯޅަ ދަނޑަކަށް ޕެލޭގެ ނަމުގައި ނަން ދިނުމަށް،” ކުރު ކޮމެންޓްތަކެއްގައި އިންފަންޓީނޯ މީޑިއާއަށް ކިޔައިދިނެވެ.

މި ހުށަހެޅުމަކީ ބްރެޒިލްގައި މަޤުބޫލް ހުށަހެޅުމަކަށް ވުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް ފީފާގެ ރައީސްގެ ހުށަހެޅުމަށް ދުނިޔޭގެ ފުޓްބޯޅައިގެ ގަވަނިން ބޮޑީގެ އެހެން މެމްބަރުން ކަންތައް ކުރާނެ ގޮތެއް އަދި ބަލަން ޖެހެ އެވެ. ޖުމްލަކޮށް ބަލާއިރު ފީފާގެ ފުލް މެންބަރުންގެ ގޮތުގައި 211 އެއްހާ ގައުމު ހިމެނެއެވެ.  

ޕެލޭގެ އާންމު ހަނދާނީ ބިނާގެ އިތުރުން އަންގާރަ ދުވަހުގެ ޖަލްސާ ވެސް ބަލަހައްޓަނީ ސައޯ ޕައުލޯ ސްޓޭޓްގެ އަސްކަރީ ފުލުހުންނެވެ. އެ ފުލުހުން ވަނީ އެމީހުންގެ މަސައްކަތްތައް ބަލަހައްޓަން “ކިންގް ޕެލޭ އޮޕަރޭޝަން” ހާއްސަ ކޯޑް ނަމެއްވެސް ދީފައެވެ.

ޓެގް

އިންފަންޓީނޯ ފީފާ ބްރެޒިލް ޕެލޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.