ރިޕޯޓްކުޅިވަރުމީހުން

ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޕެލޭ އުމުރުން 82 އަހަރުގައި މަރުވެއްޖެ

ބްރެޒިލްގެ ލެޖެންޑް އެޑްސަން އަރަންޓޭސް ޑޯ ނާސިމެންޓޯ ޢާއްމުން ނަމުންނަމަ ޕެލޭ އުމުރުން 82 އަހަރުގައި މަރުވިކަން ކަށަވަރުވުމާ ގުޅިގެން ފުޓްބޯޅައިގެ ދުނިޔެ މިވަނީ ފުން ހިތާމައެއްގެ ތެރޭގަ އެވެ.

ކޮލޯން ކެންސަރުގެ ހަނގުރާމަ ކުރަމުންދިޔަ ޕެލޭ ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ސައޯ ޕައުލޯގެ އަލްބަޓް އައިންސްޓައިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

މި ބަލި ފެތުރެމުންދާކަން ޑޮކްޓަރުން މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އިއުލާނު ކޮށްފައިވާއިރު، ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޕެލޭގެ ހާލަތާ މެދު ބޮޑެތި ބިރުތަކެއް ވަނީ އުފެދިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުޓުބޯޅަ އައިކަން މަރުވިކަން ކަށަވަރުކޮށްދީފައިވާއިރު، ޕެލޭގެ ތިން ވަނަ އަނބިކަނބަލުން “މާޝިއާ އައޯކީ” އާއި ހަތް ދަރިން ދުނިޔޭގައި އެބަތިއްބެވެ.

ގިނަބަޔަކު ޤަބޫލުކުރާގޮތުގައި އަދި ފީފާއިން ކަނޑައަޅާފައިވާގޮތުގައި ޕެލޭ އަކީ ދުނިޔެދުށް އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އެންމެމޮޅު އެއް ކުޅުންތެރިއާއެވެ.

ޕެލޭ އަކީ ފުޓްބޯޅައިގެ ފުރަތަމަ ހަގީގީ ގްލޯބަލް ސުޕަސްޓާ އެވެ. © ފޮޓޯ: ގެޓީ އިމޭޖާސް — ޕިކްޗާ އެލަޔަންސް

ސްވިޑަންގައި 1958 ވަނަ އަހަރު ބޭއްވި މި މުބާރާތުގައި އުމުރުން އެންމެ 17 އަހަރުގައި ކުޅުނު ތިން ވޯލްޑް ކަޕްގެ ތެރެއިން ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބު ކުރި ހިސާބުން ފެށިގެން އޭނާއިގެ އަމިއްލަ ގައުމު ބްރެޒިލްގައި އޭނާ އަށް ވަރަށްބޮޑަށް އިހުތިރާމް ކުރެވުނެވެ.

ޕެލޭގެ ފަހު ވޯލްޑްކަޕް މުބާރާތް ކާމިޔާބު ކުރީ ޖުމްލަ ހަ ގޯލާއެކު ކަމަށްވާއިރު، އޭގެ ތެރޭގައި ފްރާންސްއާ ދެކޮޅަށް ސެމީ ފައިނަލުގައި ހެޓްރިކް ހެދުމާއި ފައިނަލުގައި މުބާރާތް ބާއްވާ ސްވިޑަންއާ ދެކޮޅަށް ކުޅުމެޗްގައި ހެދި ޑަބަލްހެޓްރިކެއްވެސް ހިމެނެ އެވެ.

1962 ވަނަ އަހަރު ޗިލީގައި ބޭއްވި ވޯލްޑް ކަޕްގައި ޕެލޭ އާއި ބްރެޒިލް އަށް ލިބުނު ކާމިޔާބީއާއެކު، އަނިޔާގެ ސަބަބުން މުބާރާތުގެ ބޮޑު ބައެއް ގެއްލުވާލަން ޖެހުނެވެ.

އޭގެފަހުން ޕެލޭ އަށް އަނެއްކާވެސް ވޯލްޑް ކަޕްގެ ޝަރަފުގެ ރަހަ ލިބުނީ 1970 ވަނަ އަހަރު މެކްސިކޯގައި ޗެމްޕިއަންކަން ހޯދި ބްރެޒިލް ޓީމާ އެކު އެވެ. 

ޕެލޭ އަކީ ފުޓްބޯޅައިގެ ފުރަތަމަ ގްލޯބަލް ސުޕަސްޓާރުންގެ ތެރޭގައި ހިމެނުނު ކުޅުންތެރިއެކެވެ. © ގެޓީ އިމޭޖާސް — ޕީޓާ ރޮބިންސަން / އެމްޕީއައިސީސް

ބްރެޒިލްގެ ސަންޓޯސްގައި ކްލަބް ކެރިއަރުގެ ބޮޑު ބައި ހޭދަކުރި ޕެލޭ ވަނީ 1956 ވަނަ އަހަރު އުމުރުން 15 އަހަރުގައި ސައޯ ޕައުލޯ ސްޓޭޓްގެ ކޯސްޓަލް ކްލަބަށް ތައާރަފުވެފަ އެވެ.

އޭނާ އެ ޓީމު ދޫކޮށްލީ ހަ ފަހަރު ބްރެޒިލް ލީގު ކާމިޔާބުކުރި އަދި 1974 ވަނަ އަހަރު ދެ ފަހަރު ކޮންޓިނެންޓަލް އަދި ވޯލްޑް ޗެމްޕިއަންކަން ހޯދި ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ބްރެޒިލްގެ ގައުމީ ޓީމުން 1971 ވަނަ އަހަރު ރިޓަޔާކުރި ޕެލޭ ވަނީ 92 މެޗުން 77 ލަނޑު ކާމިޔާބުކޮށްފައެވެ. 

ޕެލޭ އޭނާގެ ކްލަބް ކެރިއަރު ނިންމާލީ 1977 ވަނަ އަހަރު ނިއުޔޯކް ކޮސްމޮސް އިންނެވެ.

ޕެލޭ ގެ ޕޯސްޓް ޕްލޭއިން ދުވަސްވަރު ވަނީ 1992 ވަނަ އަހަރު އދ.ގެ އެމްބެސެޑަރ ފޮރ އިކޮލޮޖީ އެންޑް ދަ އެންވަޔަރަންމަންޓްގެ މަގާމާއި 1994 ވަނަ އަހަރު ޔުނެސްކޯގެ ގުޑްވިލް އެމްބެސެޑަރަކަށް އައްޔަންކުރައްވާފައެވެ.

ޕެލޭ 2018 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް.– ކޮލޯން ކެންސަރު ޖެހިފައިވާކަން އެނގުނީ 2021 ވަނަ އަހަރު © ފޮޓޯ: އޭއެފްޕީ – އަމާލް ކޭއެސް / ހިންދުސްތާން ޓައިމްސް — ގެޓީ އިމޭޖާސް

ދުނިޔޭގެ ފެންވަރުގައި އޭނާ ބަލައިގަތް ކަމުގެ އިތުރު ނިޝާނެއްގެ ގޮތުން ޕެލޭ އަށް 1997 ވަނަ އަހަރު ބަކިންހަމް ޕެލަސްގައި ރާނީ އެލިޒަބަތު ދެވަނަގެ ފަރާތުން އޮނަރަރީ ނައިޓްހޫޑް ލިބުނެވެ.

މީގެ އިތުރުން ފްރާންސް ފުޓްބޯލް އިން ބެލޮން ޑިއޯގެ މައްސަލައަށް ހަމައެކަނި ޔޫރަޕްގެ ކުޅުންތެރިން ހިމެނުމުގެ ސިޔާސަތު ބަދަލުކޮށް، 2015 ވަނަ އަހަރު ފުޓްބޯޅައިގެ އެންމެ މަތީ އިންޑިވިޖުއަލް ޝަރަފުގެ ހަތް އެޑިޝަން ޕެލޭއަށް ވަނީ ދީފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close