ޚަބަރު ސިހުރު ވަޅުލާފައި ހުރިކަމަށް ޝައްކުވެގެން ނޮޅިވަރަންފަރު ސަހަރާ ކޮނެފި

ސިހުރު ވަޅުލާފައި ހުރިކަމަށް ޝައްކުވެގެން ނޮޅިވަރަންފަރު ސަހަރާ ކޮނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިހުރު ވަޅުލާފައި ހުރިކަމަށް ޝައްކުވެގެން ނޮޅިވަރަންފަރު ސަހަރާ ކޮނެފި އެވެ.

ރޭގެ ވަގުތެއްގައި ނޮޅިވަރަންފަރު ސަހަރާ ކޮންނަ ފޮޓޯތަކެއް ވަނީ ދައުރުވެފަ އެވެ. އަދި އެކަން ކޮށްފައިވަނީ ފުލުހުން ތިބިގެން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

މިކަމާއި ގުޅިގެން ސުވާލުކުރުމުން މާބޮޑު ތަފްސީލެއް ދިނުމެއްނެތި ފުލުހުން މިއަދު ބުނީ، ފުލުހުން އެ ސަހަރާ ބަލާ ފާސްކުރީ ކަމަށެވެ.
”ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ނޮޅިވަރަންފަރު ސަހަރާ ރޭގެ ވަގުތެއްގައި ވަނީ ރަށު ކައުންސިލުގެ އެހީތެރިކަމާއިއެކު ބަލައި ފާސްކޮށްފައި“ ފުލުހުން ބުންޏެވެ.

ނަމަވެސް ފުލުހުންނަށް ހުށަހެޅިފައިވާ އެމައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެ އެވެ. ފުލުހުން އެކަން ކޮށްފައިވަނީ ފަންޑިތަ އާއި ގުޅުންހުރި މައްސަލައެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް އެކަން ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.

ޓެގް

ސިހުރު ނޮޅިވަރަންފަރު ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.