ރައީސުލް ޖުމުހޫރިއްޔާގެ ދެކަނބަލުން މިރޭ ގަތަރަށް ފުރާވަޑައިގެންފިއެވެ.
ގަތަރުގެ އަމީރު ޝެއިހް ތަމީމް އަލް ސާނީގެ ދައުވަތަކަށް ރައީސް ސޯލިހު ކުރައްވާ މިދަތުރު ފުޅަކީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްލުމަށް ކުރައްވާ ދަތުރު ފުޅެކެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސް ވަޑައިގަންނަވަނީ ސެމީ ފައިނަލްގެ މެޗްތައް ބައްލަވާލެއްވުމަށް ކަމަށެވެ. އެގޮތުން 14 ވަނަ ދުވަހުގެ ރެއާއި 15 ވަނަ ދުވަހުގެ ރޭ ސެމީ ފައިނަލްގެ މެޗްތައް ކުރިއަށް ދާނެއެވެ.
އަދި ރައީސްގެ މި ދަތުރުފުޅު 15 ވަނަ ދުވަހު ނިންމަވާލައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ޤަތަރުގައި ބާއްވާ ވޯލްޑް ކަޕުގެ މެޗެއް ބައްލަވައިލެއްވުމަށް ވަޑައިގެންނެވުމަށް ރައީސް ސޯލިހަށް ގަތަރުގެ ފަރާތުން ދައުވަތު އެރުވީ ޤަތަރުގެ އުރީދޫ ކުންފުނިންނެވެ. އެދައުވަތު އެކުންފުނިން އެރުވީ އުރީދޫގެ ސީއީއޯ ޚާލިދު ޙަސަން އަލް ހަމާދީ މިދިޔަ މެއި މަހު ރައީސް ސޯލިހާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...