ކުޅިވަރުވޯލްޑްކަޕް-22

ރިޙްލާގެ ބަދަލުގައި ދެންހުރި މެޗްތަކުގައި ބޭނުންކުރާނީ ޙިލްމް: ފީފާ

ވޯލްޑް ކަޕްގެ މިހާރު ބޭނުންކުރަމުން ދާ ބޯޅަ އަލް ރިޙްލާގެ ބަދަލުގައި ދެން ކުރިއަށްހުރި މެޗްތަކުގައި ބޭނުންކުރަނީ އަލް ޙިލްމް ކަމުގައި ފީފާއިން ބުނެފިއެވެ.

މި ދެ މޮޑެލްވެސް އުފައްދާފައިވަނީ މީގެ ކުރިންވެސް ވޯލްޑް ކަޕްގެ ބޯޅަ އުފައްދާ މަޝްހޫރު ކުންފުނި އެޑިޑާސް އިންނެވެ.

އަލް ރިހްލާގެ ބަދަލުގައި އެޑިޑާސްގެ އަލް ހިލްމް މޮޑެލް ގަތަރުގައި ކުރިއަށް އޮތް ސެމީ ފައިނަލާއި ވޯލްޑް ކަޕް ފައިނަލުގައި ބޭނުންކުރާނެ ކަމަށް ފީފާ އިން ބުނާއިރު އެބަދަލު ގެނައީ ކީއްވެކަމެއް ސާފެއްނޫނެވެ.

ޢަރަބި ބަހުން އަލްޙިލްމް ގެ މާނައަކީ “ހުވަފެން” އެވެ. މީގެ ކުރިން ބޭނުންކުރި ބޯޅަ ކަމަށްވާ އަލް ރިހްލާގެ މާނައަކީ “ދަތުރު” އެވެ.

ރެފްރީގެ ނިންމުންތައް ޓްރެކްކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޓެކްނޮލޮޖީއާ އެކު ތައާރަފްކޮށްފައިވާ އަލް ރިހްލާ ބޯޅަ މިހާތަނަށް ބޭނުންކޮށްފައި ވަނީ ވޯލްޑް ކަޕް މުބާރާތުގެ ގްރޫޕް ސްޓޭޖުތަކާއި އިނިޝިއަލް ނޮކްއައުޓް ބުރުތަކުގަ އެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ ގޯލްޑް ބޭސް ޑިޒައިނަކާއި ޓްރިއެންގަލަރ ޕެޓާންއެއް ހިމެނޭ އަލް ހިލްމް އަކީ އެ ގައުމުގެ ވެރިރަށް ދޯހާގެ ވަށައިގެންވާ ފަޅުރަށްތަކަށް ޓްރިބިއުޓް ދޭ ބޯޅައެއް ކަމަށެވެ. މި ބޯޅައިގައިވެސް އަލް ރިހްލާގައި ހިމެނޭ ޓެކްނޮލޮޖީތަށް ހިމެނޭނެއެވެ.

މި ހަފުތާގެ ސެމީ ފައިނަލުގައި ކްރޮއޭޝިއާ ނުކުންނާނީ އާޖެންޓީނާއާއި ދެކޮޅަށެވެ. މުބާރާތުގެ ތާރީހުގައި ގަދަ ހަތަރަކަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ގައުމު ކަމަށްވާ މޮރޮކޯއާ ނުކުންނާއި ފްރާންސްއާ ދެކޮޅަށެވެ. ސެމީފައިނަލުން ބަލިވާ ޓީމުޓަށް ތިން ވަނަ ހޮވާ މެޗު ކުޅޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close