ޚަބަރު ފަރެސްމާތޮޑާގެ އެމްޑީޕީގެ މެމްބަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ފަރެސްމާތޮޑާގެ އެމްޑީޕީގެ މެމްބަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގދ .ފަރެސްމާތޮޑާއަށް ކުރައްވާ ދަތުރުފުޅުގައި، އެ ރަށުގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރ ޕާރސަން ފައްޔާޒް އިސްމާއިލްގެ އިތުރުން ފޮރިން މިނިސްޓަރު ޝާހިދާއި އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ރައީސް ސޯލިހު ގދ އަތޮޅަށް ކުރައްވާ މި ފަތުރުފުޅަކީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރޭ އެރަށުގައި މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާއެއް ބާއްވަވާފައެވެ. އަދި އެ ޖަލްސާގައި ވާހަކަފުޅުވެސް ދައްކަވާ މަސްވެރިންނަށް ކޮށްދެއްވާނެ ކަންކަމުގެ ވާހަކަފުޅުތައް ހިއްސާކުރައްވާފައެވެ.

ރައީސް ސޯލިހުއަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރަށް ވެފައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑިޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ވާދަކުރައްވާ ބޭފުޅެކެވެ.

އެމަނިކުފާނު މިއަދު އެމްޑީޕީގެ މެމްބަރުންނާއި ވަކިން ބައްދަލުކުރައްވާފައިވާއިރު، ޕާޓީއާއި މެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރާއި ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާނެކަމަށް ބެލެވެއެވެ.

އޭގެ އިތުރުން ޕާޓީގެ ކުރިމަގާއި މެދު މެމްބަރުންގެ ޚިޔާލު ހޯއްދަވާނެކަމަށްވެސް ބެލެވެއެވެ.

ރައީސް ސޯލިހު ފަރެސްމާތޮޑާގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާފައިވާކަން އެ ޕާޓީގެ އޮފިޝަލް ޓޮވިޓާ އެކައުންޓުން ވަނީ ހިއްސާކުރައްވާފައެވެ. އަދި އެ ބައްދަލުވުމުގެ ވަރަށް ގިނަ ފޮޓޯތައްވެސް ހިއްސާކޮށްފައިވެއެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް އައްޔަން ކުރުމަށް ބައްވާ ޕްރައިމަރީ ބޯމަތިވަމުން އަންނައިރު، އެ ޕްރައިމަރީގައި ބައިވެރިވުމުގެ ޝައުގުވެރިކަން އެމްޑީޕީގެ ދެ ރައީސުންވެސް ވަނީ ފާޅުކުރައްވާފައެވެ.

އެއާއެކު އެމްޑީޕީގެ ދެ ރައީސުންގެ ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ބަހުގެ ހަމަލާތަކެއްވެސް ވަނީ ބަދަލުކުރެވެން ފަށައިފައެވެ.

ޓެގް

ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.