ޚަބަރު

ދޯނީގެ ބުރަފަތީގައި ޖެހިގެން މަސްވެރިޔަކު ވަރަށް ބޮޑަށް ޒަޚަމް ވެއްޖެ


މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ބުރަފަތީގައި ޖެހި ގެން އެ ދޯނީގެ މަސްވެރިއަކު ވަރަށް ބޮޑަށް ޒަހަމް ވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ގއ. ކަނޑުހުޅުދޫ ގެލެރީ ނަމަކަށް ކިޔާ މަސްދޯންޏެއްގަ އެވެ. މި ހާދިސާގައި ޒަހަމްވެފައިވަނީ އެ ދޯނީގެ މަސްވެރިއެއް ކަމަށްވާ އުމުރުން 55 އަހަރުގެ މުހައްމަދު ޝަފީގް އަށެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ތޯރިގް އަފީފް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށް ދޯނިން ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

“ގެލެރީ ދޯނީގެ ބުރަފަތީގައި ވާގަޑެއް އޮޅިގެން އޭތި ނައްޓަށް އުޅުމުގެ ތެރޭގައި ޝަފީގް އަށް އަނިޔާ ލިބުނީ. އޭނާ ކޮޑުހުޅަށް އަދި ފަޔަށް ވަނީ އަނިޔާވެފައި.”. ތޯރިގް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ ޝަފީގަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގައްދޫއިން ކަމަށެވެ. އަދި މިހާރު އޭނާ ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް މަސްދޯނިން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ޝަފީގް ގެލެރީ ދޯނީގައި މަސައްކަތް ކުރަމުންދާތާ ވަރަށް ގިނަ އަހަރު ވެފައިވާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close