މާޅެންދޫގައި 17 އަހަރުގެ ކުއްޖަކު ކުއްލިގޮތަކަށް ނިޔާވެއްޖެ
ނ.މާޅެންދޫގައި ޢުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
މިއަދު ހެނދު ހިނގި މިހާދިސާގައި ކުއްޖަކު ނިޔާވެފައިވާކަން އެރަށު ހެލްތްސެންޓަރުން ކަށަވަރު ކޮށްދީފައިވާއިރު، މާޅެންދޫން ނާރެސްމީޑިއާ އާއި ވާހަކަދެއްކި މީހަކު ބުނީ އެކުއްޖާ ނިޔާވީ ރޭ ފަތިހު ގާތްގަޑަކަށް 5:30 ހާއިރު ހޭލާއުޅުމަށްފަހު ވިއްސާރަވެ ބޭރަށް ނުނިކުންނާނަމޭ ބުނެފައި އަލުން އަނެއްކާ ނިދަން ކޮޓަރިއަށް ވަތްގޮތަށެވެ. ނިޔާވެފައިވާކަން އެނގުނީ އެކުއްޖާ ނުހޭލައިގެން ގޮވިއިރު އެވެ.
މާޅެންދޫ ސިއްހީ މަރުކަޒުން ބުނީ އެކުއްޖާ ސިއްހީ މަރުކަޒަރަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ. އަދި އެކުއްޖާ ނިޔާވީ ސްޓްރޯކެއް ޖެހިގެން ކަމަށްލަފާކުރެވޭކަމަށް މާޅެންދޫގައި ހުންނަ ޑޮކްޓަރާއި ހަވާލާދީ ސިއްހީ މަރުޒުން ބުނެއެވެ.
މާޅެންދޫ ވާހަކަ ދެއްކިމީހާބުނީ ނިޔާވި ކުއްޖާއަކީ އަޚްލާޤީ ގޮތުންވެސް ވަރަށް ރަނގަޅު ބަސްއަހާ ކުއްޖެއްކަމަށާއި އެކުއްޖާ އޯލެވެލް ނިންމާ މާޅެންދޫސްކޫލުން މިދިޔައަހަރު ކަމަށެވެ.
ނިޔާވި ކުއްޖާގެ ޖަނާޒާގެ ކަންކަން މިއަދުގެ މެންދުރު ނަމާދަށްފަހު ކުރިއަށްދާނެކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

