ޚަބަރުރިޕޯޓް

ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ވައި ނުސާފުވެފައި ވަނީ އުތުރާއި މެދު ރާއްޖެ ތެރެއެވެ. ވައި ނުސާފުވުމުގެ ސަބަބުން މި ސަރަހައްދުތަކުގައި ދުރު ފެންނަ މިންވަރު ވަރަށް ވަރަށް ބޮޑަށް ދަށްވެފައި އެވެ.

އެޗްޕީއޭއިން ބުނީ ހިރަފުހާއި ދުމުގެ ސަބަބުން ނޭވާލުމުގައި މައްސަލައެއް ކުރިމަތިވެދާނެތީ ރައްކާތެރިވުމަށް އިލްތިމާސްކުރާ ކަމަށެވެ. މިކަމަށް ސަމާާލުވާންވީ ބޭރުގައި އުޅޭ ވަގުތުތަކުގައި އެވެ.

އެޗްޕީއޭއިން ވަނ ވައުގެ ސާފުމިން ވަޒަން ކުރާ މިންވަރު ދެނެގަންނަ “އައި.ކިއު އެއާ” ހާމަކޮށްފައި އެވެ. އޭގައިވާ މިންގަނޑުން ބަލާއިރު ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގެ ވައިގެ ތަޣައްޔަރުކަން ހުރީ ތިން ވަނަ ދަރަޖައިގައެވެ.

މި މިންގަނޑުން ބަލާއިރު އެއީ އާންމުކޮށް ސިއްހީ މައްސަލަތައް ދިމާވާ މީހުންނަށް ނުރައްކާތެރި މިންވަރެކެވެ. އެޗްޕީއޭއިން ބުނީ މި ދަރަޖައިގައި ހުންނައިރު ނޭވާލާ ނިޒާމު ނާޒުކު ހާލަތުގައި ހުންނަ މީހުންނަށް މައްސަލަ ދިމާވުމުގެ ނުރައްކާ އެބައޮތްކަމަށެވެ.

އަދި އެހެން މީހުންވެސް ބޭރުގައި އުޅުމުގައި ރައްކާތެރިވުމަށް ވަނީ އެދިފައެވެ.

މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ވައިގެ ސާފުކަން ހުރީ 101-150 ޔުނިޓާ ދެމެދުއެވެ. ވައިގެ ނުސާފުކަން އެންމެ ގޯސްކަމަށް ދައްކަނީ ކުޅުދުއްފުށީ ސިޓީ ހިމެނޭ ސަރަޙައްދުގައެވެ. އެ ސަރަޙައްދުގެ ވައިގެ ނުސާފުކަން ހުރީ 122 ޔުނިޓްގައެވެ.

މިހާލަތުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލަރޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި ބޭރަށް ނިކުންނަންޖެހޭ ހާލަތުގައި ރައްކާތެރި މާސްކު އެޅުމާއި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން ރަނގަޅެވެ.

ތުއްތު ކުދިން ބޭރަށް ނުނެރުމާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި ބޭރުގައި ކުޅިވަރު ކުރުމާއި ކަސްރަތު ކުރުން ފަދަ ކަންކަންކުރުން މަޑުޖައްސާލުން މުހިންމު ކަމަށް ބުނެފައި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close